އެމްޑީޕީން މަސްވެރިންނަށް ވީ ވައުދު ފުއްދަންވީމަ އެމްޑީޕީން އަބަދުވެސް ދައްކަނީ ބަހަނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ނުފުއްދޭކަމުގެ ޝަކުވާ ބޮޑުވެފައިވާ މި ދަނޑުވަޅުގައި ޝަރީފް މިއަދު ވިދާޅުވީ، މަސްވެރިންގެ އޮޑީގައި މަސްވެރިން ބޭނުންކޮށްގެން ކެމްޕޭންކޮށް، މަސްވެރި އާއިލާތަކަށް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދަންވީމަ ކޮންމެ ފަހަރަކު ވެސް ދައްކަނީ ބަހަނާ ކަމަށެވެ.
އަދި ރައީސް ނަޝީދަށް ނިސްބަތް ކުރައްވާ ޝަރީފް ވިދާޅުވީ، ވައުދުތައް ފުއްދަންވީމަ އެއްފަހަރު ވިދާޅުވީ، (ވެރިކަމުގެ) ދައުރު ފުރިހަމަ ނުވީ ކަމަށްކަމަށާއި އަދި މިފަހަރު ވިދާޅުވީ ކޯލިޝަންގެ ވާހަކަ ކަމަށެވެ.
މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމަށް ސަރުކާރަށް ގޮވާލާ އިއްޔެ ރައީސް ނަޝީދު ޝޯޝަލް މީޑިއާގައި ވަނީ ބަޔާނެއް އާންމު ކުރައްވާފައެވެ.
އެ ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވީ ވަރަށް ގިނަ މަސްވެރިން އެމަނިކުފާނަށް ގުޅައި ޝަކުވާ އުފުލައިފި ކަމަށެވެ. މަސްވެރިން ބާނާ މަސް ނުކިރި އެތައް ތަކުލީފެއްގައި އުޅެންޖެހުމުން މަސްވެރިންކުރަނީ ހައްގު ޝަކުވާއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަސްވެރިން ފާހަގަކުރަނީ އެމްޑީޕީން މަސްވެރިންނަށް ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަމަށް ބިނާކޮށް މަސްވެރިން އެ ޕާޓީއަށް އިތުބާރުކޮށް ވޯޓުދިން ކަމުގެ ވާހަކަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ 2018 ވަނަ އަހަރު އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގައި ހިމަނާފައިވާ މަސްވެރިކަމުގެ ސިޔާސަތުގެ ވާހަކަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން މަސް ފިނިކުރާ ގުދަންތަކާއި މަސް ބަންދުކުރާ ކާރުހާނާތަައް ހަދައިގެން މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ނުގެންދެވޭނެކަން ސާފުވަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށް އެ ބަޔާނުގައި ސަރުކާރަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ދަރަނި ބޮޑުކޮށްގެން މަސް ފިނިކުރުމުގެ ޖާގައާއި ގުދަންތައް ބޮޑުކުރުން ހުއްޓައިލުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. ރާއްޖޭގެ މަސްވެރި ރަނގަޅު ރަށްރަށުގައި، ރަށު ކައުންސިލުތަކާއި މަސްވެރިންނާއި ވިޔަފާރިވެރިން ހިއްސާވެވޭނެ ނިޒާމެއްގައި ހިންގާ ކުދި މަސް ކާރުހާނާތައް އުފެއްދުން އަވަސް ކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ރައީސް ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން، ޝަރީފް އިތުރަށް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ކުރި ނާރައިގެން އުޅެނީ ސަރުކާރުން އެ ސިނާއަތް ކޮންޓްރޯލްކޮށް މަސްވެރިން ސިޔާސީ ހަތިޔާރަކަށް ހަދަމުންދާތީ ކަމަަށެވެ. އަދި މިއީ ރައީސް ނާސިރުގެ ޒަމާނުގައި ސަރުކާރުން ވަޅޯމަސްގަނެ އެ ފައިސާއަށް ކޮޅުނބުން ސާޅީގަނެ ވިއްކި ޒަމާން ނޫންކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ސަރުކާރަށް ގޮވާލެއްވުމުން، އެމްޑީޕީގައި ތިބި ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ބުނެފައިވަނީ، ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ވަރަށް ބާރަށް ދައްކަވަމުން ކަމަށާއި އަދި ސަރުކާރުން ރަނގަޅަށް ކުރާ ކަންކަމުގެ ކުރެޑިޓް (ފައިދާ) ވެސް ނަންގަވަމުން ކަމަަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަަށް މަސްކިރޭނެގޮތެއް ނެތި ބައެއް މަސްވެރިން ބާނާ މަސްކޮޅު ވަނީ ކަނޑަށް އުކާލަން ޖެހިފައެވެ.

މަސްވެރިންގެ އޮޑީގައި މަސްވެރިން ބޭނުންކޮށްގެން ކެމްޕޭންކޮށް މަސްވެރި އާއިލާތަކަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދަންވީމަ ކޮންމެ ފަހަރަކު ދައްކަނީ ބަހަނާ، އެފަހަރު ބުނީ ދައުރު ފުރިހަ ނުވީވާހަކަ، މިފަހަރު ބުނީ ކޯލިޝަނުގެ ވާހަކަ، މަސްވެރިންނަށް އަދި ވިސްނޭނެhttps://t.co/VoipRSxs1m
— Ahmed Shareef (@shar_f) April 7, 2022
ރައީސް ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން، ޝަރީފް އިތުރަށް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ކުރި ނާރައިގެން އުޅެނީ ސަރުކާރުން އެ ސިނާއަތް ކޮންޓްރޯލްކޮށް މަސްވެރިން ސިޔާސީ ހަތިޔާރަކަށް ހަދަމުންދާތީ ކަމަަށެވެ. އަދި މިއީ ރައީސް ނާސިރުގެ ޒަމާނުގައި ސަރުކާރުން ވަޅޯމަސްގަނެ އެ ފައިސާއަށް ކޮޅުނބުން ސާޅީގަނެ ވިއްކި ޒަމާން ނޫންކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ސަރުކާރަށް ގޮވާލެއްވުމުން، އެމްޑީޕީގައި ތިބި ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ބުނެފައިވަނީ، ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ވަރަށް ބާރަށް ދައްކަވަމުން ކަމަށާއި އަދި ސަރުކާރުން ރަނގަޅަށް ކުރާ ކަންކަމުގެ ކުރެޑިޓް (ފައިދާ) ވެސް ނަންގަވަމުން ކަމަަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަަށް މަސްކިރޭނެގޮތެއް ނެތި ބައެއް މަސްވެރިން ބާނާ މަސްކޮޅު ވަނީ ކަނޑަށް އުކާލަން ޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު