ހޯރަފުއްޓާއި ހޯރަފުށި އެއަރޕޯޓް ހިމެނޭ ސަރަޙައްދު ކަނޑާލައި، ކޯޒްވޭއަކުން ގުޅާލަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން ހޯރަފުއްޓާއި ހޯރަފުށި އެއަރޕޯޓް ހިމެނޭ ސަރަޙައްދު ކަނޑާލައި، ކޯޒްވޭއަކުން ގުޅާލަން ނިންމީ، ހޯރަފުއްޓާއި ހޯރަފުށީ އެއަރޕޯޓް ހިމެނޭ ރަށް ގުޅާލާފައި އޮތުމުގެ ސަބަބުން ދިމާވަމުންދާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުންނެވެ.

ސަރުކާރުން މިމަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ މިކަމުގެ ޢަމަލީ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފަށައިގަނެވޭނެކަމަށެވެ.

ހޯރަފުށީގައި އެއަޕޯޓް އެޅުމަށް ހިއްކި ސަރަޙައްދާއި ހޯރަފުށި ގުޅާލާފައިވުމުގެ ސަބަބުން ހޯރަފުއްޓާއި އެއަރޕޯޓް ހިމެނޭ ސަރަޙައްދުވެސް ގިރުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހޯރަފުށީ ގިރާ މައްސަލަ ޙައްލުކުރުމަށް ހޯރަފުއްޓާއި އެއަރޕޯޓް ހިމެނޭ ސަރަޙައްދު ކަނޑާލާ ކޯޒްވޭއަކުން ދެރަށް ގުޅާލުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން މިހާރު ކުރިއަށްދަނ ޑިޒައިނިންގ މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ.

"ވަރަށް ރަނގަޅަށް މިކަމުގެ ޑިޒައިން މަސައްކަތް ކުރަންޖެހޭ. އެހެންވީމަ އެކަމަށް ވަގުތުކޮޅެއް އެބަނަގާ. މިކަން މިކުރަނީ އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީގެ އިންޖިނިއަރުން ގުޅިގެން. މަހެއްގެ ތެރޭގައި ޑިޒައިނިންގ މަސައްކަތް ނިމޭނެ" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ބުނީ ހޯރަފުށީ ކޯޒްވޭ ކެނޑުމަށް ބޭނުންވާ ބައެއް ސާމާނު ގެނައުމަށް ހަމަޖެހިފައިވަނީ ޔޫރަޕުންކަމަށެވެ. އަދި މިތަކެތި ޖޫންމަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށް ބެލެވޭތީ ހޯރަފުށީ ކޯޒްވޭގެ މަސައްކަތް ޖޫންމަހުގެ ތެރޭގައި ޢަމަލީގޮތުން ފަށައިގަނެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

-2

އަލީއިބްރާހިމު

09-Apr-2022

ހުރިހާކަމެއް ކުރަންޖެހެނީ ތިބުނާ ހޯރަފުށީގަތަ ތިތާގަ ނުކުރާކަމެއް އަޅެފަހެ އެބައޮއްތަ ތިރަށް ތިހާ ހާސަވެގެން ތިއުޅެނީ ކޮން ސަބަބަކާހުރެކަން އެންމެންނަށްވެސްއެބައެގެންޖެހޭ އެހެންރައްރަށުގެމަސެއްކަށް ނުކޮއްބަހަޓާފަ ތިތާގަ ހުރިހާ މަސެއްކަތެެްކުރަމުންތިދަނީ އަހަރެމެންގެރަށުގެ ބިންހިތްކުމުގަސޮއެކުރިފަހުންވެސްއެތަށްދުވަހެއްވެގެންމިދަނީ އޭގެއިތުރުން އެހެންތާކުންނެރުހެދުމުގެމަސެއްކަތުގައިސޮއެކުރިތާއެތަށްދުވަހެއްވެގެންމިއޮގެންދަނީ އަދިވެސް ހަބަރެއްނުވެ މީހަތަރު އަތޮޅުމީހުންއަރާފައިބާރަށެއް މިތަނަށްކަމެއްކޮދޭކަށް އުޅޭތަނެއްފުފެނެ އެހެންނަމަވެސްއެހެންތަންތާގަ ހޭބޯނެތި މަސެއްކަންކުރާތަންމިފެއްނަނީ މީކިހިނެއްހިގާކަމެއްތޯ ސާފްކޮއްލަދީބަލަ

-1

6

ޢަންމަޑެ

09-Apr-2022

ތީ ސަރުކާރަށް ސަލާމަތް ނުވި ބަލިކުއްޖެއް