ވިޔަފާރި މަޝްރޫޢުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން، ޚާއްޞަ އިސްތިސްނާ ދިނުމާއިބެހޭ ގަވާއިދެއް ގެޒެޓްކޮށްފިއެވެ.
މި ގަވާއިދަކީ، ވަކި ވިޔަފާރި މަޝްރޫޢުތަކުން ނުވަތަ ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން، އިސްތިސްނާ ދިނުމަށް ބަލަންޖެހޭ ޝަރުޠުތަކާއި، ޢަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމާއި، އިސްތިސްނާ ދެވޭ ފަރާތްތަކުގެ ދަފުތަރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރުމުގެ އިޖުރާއަތުތައް ބަޔާންކޮށްފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ ދަށުން އިސްތިސްނާ ހޯދުމަށް އެދި ވިޔަފާރި މަޝްރޫއު ހިންގާ ފަރާތްތަކުން އެ މަޝްރޫޢެއް ނިސްބަތްވާ ބެލެނިވެރި ވުޒާރާއަކަށް ހުށަހަޅަންޖެހޭނެއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއްގެ ލަފަޔާއެކު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން އެ ހުށަހެޅުމާމެދު ގޮތެއް ނިންމާނީ ރައީސުލްޖުމްހޫރިއްޔާކަމަށްވެސް ގަވާއިދުގައިވެއެވެ.
މި ގަވާއިދުގައިވާ ގޮތުން އިސްތިސްނާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމައިފިނަމަ، އެ އިސްތިސްނާ ދެމިއޮންނާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތަކަށްކަމަށެވެ.
ގަވާއިދުގައިވާ ގޮތުގައި އިސްތިސްނާ ދިނުމުގައި ބަލާނީ އެ އިސްތިސްނާއެއް ދިނުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރާއި، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރާނެ ފައިދާއާއި ގެއްލުމުގެ އިތުރުން އިސްތިސްނާ ދިނުމުން ހާސިލުވުމަށް ބޭނުންވާ މަގުސަދު ހާސިލުވާނެ މިންވަރުގެ މައްޗަށެވެ.
މި ގަވާއިދުގެ ދަށުން އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އަދާހަމަކުރަމުން ގެންދަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު