ދ. އަތޮޅުގެ ރިސޯޓެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ޕެޓްރޯލް ޓޭންކް ކައިރީގައި މަސައްކަތް ކުރަން އުޅުނު މީހަކު މަރުވެގެން ބިންމައްޗަށް ވެއްޓިިފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި އެމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދު 6:54 އެހާކަންހާއިރުކަމަށެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު