ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދުގެ ދެއްވި އަގުހުރި މެސެޖަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޝުކުރު އަދާކުރައްވައިފިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހުގެ 7 ވަނަ ދުވަހެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ އިންސާނުންގެ ދުޅަހެޔޮކަން ގުޅިފައިވަނީ ވަށައިގެންވާ މާހައުލުގެ ރައްކާތެރިކަމާކަން ފާހަގަކުރައްވައި، ޢާއްމު ސިއްޙަތަށްޓަކައި ތިމާވެށި ރައްކާތެރިކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޝާހިދު ވިދާޅުވީ އަޅުގަނޑުމެންގެ ސިއްހަތުގެ ދުޅަހެޔޮކަން ގުޅިފައިވަނީ އަޅުގަނޑުމެންގެ އުޅޭ ވެށި/ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށްކަމަށެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮންމެ މައްސަލައަކަށް ބެލިޔަސް، އެކަމެއް އަޅުގަނޑުމެންގެ ސިއްހަތާއި ގުޅިފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ތިމާވެއްޓާއި ސިއްހަތާއި އޮތް ގުޅުމުގެ މުހިއްމުކަން ގަބޫލުނުކުރާނަމަ އެއްވެސް ކަމެއް ރަނގަޅަށް ކުރިއަށްނުދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި ދުނިޔޭގައި މަރުވާ މީހުންގެ ގާތްގަނޑަކަށް 24 އިންސައްތަ މީހުންނަކީ ތިމާވެއްޓާއި ގުޅުންހުރި މައްސަލަތަކުގެ ސަބަބުން މަރުވާ މީހުންކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރު، "އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ސިއްހަތު" މިޝިޢާރުގެ ދަށުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމުގެ ގޮތުން އެންމެން މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމުގައި ޝާހިދު ވިދާޅުވިއެވެ.
ޢާންމު ސިއްޙަތަށްޓަކައި ތިމާވެށި ރައްކާތެރިކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ޝާހިދު ފޮނުއްވި މެސެޖަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެބްރޯސް ގެބްރިޔާސުސް ވަނީ ޝާހިދަށް ޝުކުރު އަދާކުރައްވާފައެވެ.

Our health is connected to the health of the planet.
— UN GA President (@UN_PGA) April 7, 2022
Investing in the health of our planet today is an investment in our own health and well-being.
My Message on #WorldHealthDay ⤵️@WHO @DrTedros pic.twitter.com/a9ireMi2kX
ޝާހިދު ވިދާޅުވީ އަޅުގަނޑުމެންގެ ސިއްހަތުގެ ދުޅަހެޔޮކަން ގުޅިފައިވަނީ އަޅުގަނޑުމެންގެ އުޅޭ ވެށި/ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށްކަމަށެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮންމެ މައްސަލައަކަށް ބެލިޔަސް، އެކަމެއް އަޅުގަނޑުމެންގެ ސިއްހަތާއި ގުޅިފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ތިމާވެއްޓާއި ސިއްހަތާއި އޮތް ގުޅުމުގެ މުހިއްމުކަން ގަބޫލުނުކުރާނަމަ އެއްވެސް ކަމެއް ރަނގަޅަށް ކުރިއަށްނުދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
Thank you for your message Président @UN_PGA https://t.co/g0VwI6W8cr
— Tedros Adhanom Ghebreyesus (@DrTedros) April 8, 2022
ޝާހިދުގެ ވާހަކަފުޅުގައި ދުނިޔޭގައި މަރުވާ މީހުންގެ ގާތްގަނޑަކަށް 24 އިންސައްތަ މީހުންނަކީ ތިމާވެއްޓާއި ގުޅުންހުރި މައްސަލަތަކުގެ ސަބަބުން މަރުވާ މީހުންކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރު، "އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ސިއްހަތު" މިޝިޢާރުގެ ދަށުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމުގެ ގޮތުން އެންމެން މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމުގައި ޝާހިދު ވިދާޅުވިއެވެ.
ޢާންމު ސިއްޙަތަށްޓަކައި ތިމާވެށި ރައްކާތެރިކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ޝާހިދު ފޮނުއްވި މެސެޖަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެބްރޯސް ގެބްރިޔާސުސް ވަނީ ޝާހިދަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު