ދިވެހިންގެ ތެރޭގައި ކެންސަރު ބަލި ގިނަވާން މެދުވެރިވާ ސަބަބުތައް ދެނެގަތުމާ ގުޅޭ ހާއްސަ ދިރާސާއެއް ކުރަން ފަށައިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެއެެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ހެލްތު މިިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އެ ދިރާސާ އަކީ ޑަބްލިއުއެޗްއޯ އާއި ގުޅިގެން ކުރިއަށް ގެންދާ ދިރާސާ އެއް ކަމަށެވެ.

"ކެއިން ބުއިމާ މާހައުލުގެ ޒަރީއާއިން ކުރިމަތިވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް އަދި ވަކިން ހާއްސަކޮށް ކެންސަރު ބައްޔަށް ރާއްޖޭގައި މީހުން ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް ޑަބްލިޔުއެޗްއޯއާ ގުޅިގެން ދިރާސާކުރަން ވަނީ ފެށިފައި،" ނަސީމް ވިދާޅުވި އެވެ.

ކެންސަރާއި ގުޅޭ ދިރާސާއެއް ފަށާފައިވާއިރު ރާއްޖޭގައި ކެންސަރު ބަލީގައި މަރުވާ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެެވެ.

2020 ވަަނަ އަހަރު އެކަނިވެސް ރާއްޖޭގައި 100 އަށް ވުރެ ގިނަ މީހުން ކެންސަރާ ގުޅުންހުރި ބަލިތަކުގައި ވަނީ މަރުވެފައެވެ.

ސަރުކާރުން މިހާރު ވަނީ ކެންސަރު ބައްޔަށް ހާއްސަ ހޮސްޕިޓަލެއް ލ. ގަމުގައި އެޅުމަށް ނިއްމާފައެވެ. އެއީ އިންޑިޔާ ސަރުކާރުގެ އެހީގައި ހަދާ ހޮސްޕިޓަލެކެެވެ. އެ ހޮސްޕިޓަލްގެ މަސައްކަތް ނިމުމުން ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ގަމާރޭ

11-Apr-2022

ދަޑުހައްދަ ްްކެމިކަލް ބޭނުންކުރުމާ ކީ ޯތ ަަމެއްޗައްކެމިކަލް އަޅފަހުރުމާ ފާހާނަސާފުކުރަން ކެމިކަލް ބޭނުންކުރުމާ ހެއަރޑައިކުރުމާ ލޯސަނާ ސައިބޯނިގަ ކެމިކަލް ހުރުމާ ްލ ާާސްޓިކުތަށިގަކެއުމާ