އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓަކީ ދުޅަހެޔޮ ވެށްޓަކަށް ވެގެން މެނުވީ ހަޤީގީ ދުޅަހެޔޮކަން ނުލިބޭނެ ކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދަައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ ބޮޑުއެއް ނިއުމަތް ކަމަށެވެ.
ދިވެހިރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި ތިމާވެށީގެ ނާޒުކުކަން ހާމަކޮށްދީ، ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ޤައުމެއްގެ ގޮތުގައި ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން ގެންދަވާކަމަށެވެ. އެގޮތުން އ.ދ.ގެ އާންމު މަޖިލީހާއި އެންމެފަހުން ބޭއްވި ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވި ތަޤުރީރުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ތަރައްޤީވެފައިވާ ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭސްތައް މަދުކޮށް ތިމާވެށި ހިމާޔަތް ކުރުމަށް ބާރު އަޅުއްވާފައިވާކަން ނާއިބް ރައީސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ހިދުމަތްތައް ލިބިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޙާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާ، ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް ނާއިބް ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ފަސް ސަރަޙައްދުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްދެއްވާފައެވެ.

Vice President @FaisalNasym attends the official function held to mark World Health Day pic.twitter.com/9Mz6JqqdSn
— The President's Office (@presidencymv) April 8, 2022
އެމަނިކުފާނު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން ގެންދަވާކަމަށެވެ. އެގޮތުން އ.ދ.ގެ އާންމު މަޖިލީހާއި އެންމެފަހުން ބޭއްވި ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވި ތަޤުރީރުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ތަރައްޤީވެފައިވާ ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭސްތައް މަދުކޮށް ތިމާވެށި ހިމާޔަތް ކުރުމަށް ބާރު އަޅުއްވާފައިވާކަން ނާއިބް ރައީސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ހިދުމަތްތައް ލިބިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޙާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާ، ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް ނާއިބް ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ފަސް ސަރަޙައްދުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު