އެމްޑީޕީގެ މެމްބަރުންގެ ކަންބޮޑުވުންތަކުގެ އަސްލު މައްސަލަތަކުގެ ވާހަކަ ދައްކަނީ ޗެއާޕާސަން ކަމަަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ ޓީމުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސްކަމުގެ މަގާމުގައިވެސް ހުންނެވި އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ ޕާޓީ އިދާރީ ހިންގުމުގައި މެމްބަރުންގެ ކަންބޮޑުވުން ހުރި އަސްލު މައްސަލަތަކުގެ ވާހަަކަ ދައްކަނީ ފައްޔާޒާއި އޭނާގެ ޓީމުން ކަމަށެވެ. އަދި ފައްޔާޒާއިއެކު ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، އިންތިގެ ޓީމުން ދައްކަނީ 16 އަހަރު ވަންދެން އަމިއްލައަށް އަމަލު ނުކުރި އިދާރީ އިންތިޚާބާއި ގުޅުން ނެތް ވާހަކަ ކަމަށާއި އެއީ ހުސް އޮޅުވާލުން ކަމަށް މޫކޭ ވިދާޅުވިއެވެ.
މޫކޭ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީ ހިންގާލެވޭނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަށްކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ. އަސްލަމް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަން މިހާތަނަށް ވެސް ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން ދާއިރާ މަޖިލިސްތަކާއި، ޕާޓީގެ ގޮފިތަކުގެ މަތިން ހަނދާންވަނީ އިންތިހާބެއް ބޯމަތިވުމުން ކަމަށާއި މީގެކުރިން 16 އަހަރު ވަންދެން އެމްޑީޕީގެ މަގާމުތަކުގައި ތިބި މީހުން ފުރުސަތު ދިން ނަމަވެސް އެކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

ޕާޓީގެ އިދާރީ ހިންގުމުގައި މެމްބަރުން ކަންބޮޑުވުން ހުރި އަސްލު މައްސަލަތަކުގެ ވާހަކަ ދައްކަނީ @faya_i ގެ ޓީމުން. ދެންތިބި މީހުން ދައްކަނީ 16 އަހަރު ވަންދެން އަމިއްލައަށް އަމަލު ނުކުރި އިދާރީ އިންތިޚާބާ ގުޅުން ނެތް އުސޫލުތަކެއްގެ ވާހަކަ. ހުސް އޮޅުވާލުން. #MDPhingaalan#Faya4CP pic.twitter.com/26hQd28Ikr
— Moosa Ali Manik 🇲🇻 (@VMookey) April 8, 2022
މޫކޭ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީ ހިންގާލެވޭނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަށްކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ. އަސްލަމް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަން މިހާތަނަށް ވެސް ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން ދާއިރާ މަޖިލިސްތަކާއި، ޕާޓީގެ ގޮފިތަކުގެ މަތިން ހަނދާންވަނީ އިންތިހާބެއް ބޯމަތިވުމުން ކަމަށާއި މީގެކުރިން 16 އަހަރު ވަންދެން އެމްޑީޕީގެ މަގާމުތަކުގައި ތިބި މީހުން ފުރުސަތު ދިން ނަމަވެސް އެކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު