ބ. ފުޅަދޫ ސްކޫލުގެ ޓީޗަރަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެއެވެ.

އެޓީޗަރަކީ ބ. ފުޅަދޫ ސްކޫލުގައި ސައިންސް ކިޔަވައިދެމުން އަންނަ މަނޯޖްކުމާރް ކ. ވެލަޔުދަން އެެވެ. އޭނާ މަރުވީ އުނދަގޫތަކެއް ވެގެން ރަށު ސިއްހީ މަރުކަޒަށް ގެންގޮސްގެން އުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެން މިއަދު މެންދުރު 12:00 ހާއިރުއެވެ. މަރުވި ޓީޗަރުގެ ހަށިގަނޑު މިހާރު ވަނީ މާލެ ފޮނުވާލާފައެެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގައި ސައިންސް ޓީޗަރެއްގެ ގޮތުގައި 8 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މަނޯޖްކުމާރް މަރުވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޓީޗަރަކީ ދަރިވަރުން ދެކެ ލޯބިވާ ތަނުގެ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާ ބެލެނިވެރިންނަށް އިހްތިރާމް އާއެކު ގާތްގުޅުމެއް ބޭއްވި ޓީޗަރެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު