ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަހަރުގެ މިހާތަނަށް 19 ހާސް ޓަނުގެ މަސް، މަސްވެރިންގެ އަތުން ގަނެފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މިފްކޯއިން މިކަން ހާމަކޮށްފައި މިވަނީ ދެކުނަށް މަސްވެރިކަން ރަނގަޅުވެ، މަސް ކިރުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެގެން މަސްވެރިންގެ ޝަކުވާ އަންނަމުންދާ ދަނޑިވަޅެއްގައެވެ.
މިފްކޯއިން ބުނީ އެކުންފުނިން މަސައްކަތް ކުރަމުންދަނީ އަބަދުވެސް ގަނެވެން އޮތް އެންމެ ގިނަ އަދަދަކަށް މަސްވެރިންގެ އަތުން މަސް ގަތުމަށް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް މަސްވެރިންގެ އަތުން 19000 ޓަނުގެ މަސްގަނެފައިވާކަމަށް މިފްކޯއިން ބުނެއެވެ. އަދި އެއީ 300 މިލިއަން ރުފީޔާގެ މަސްކަމަށް މިފްކޯއިން ބުނެއެވެ.
މީފްކޯއިން ވަނީ މަސްވެރިކަން ރަނގަޅުވެ، ގިނަ އަދަދެއްގެ ދޯނިތައް މަސް ކިރުވަން އަންނަމުންދާތީ މަސް ކިރާ މިންވަރު ކޮންޓްރޯލް ކޮށްފައެވެ.
މިފްކޯއިން އެންމެ ގިނައިން މަސް ގަންނަނީ ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށެވެ. އެއަށްފަހު ދެން އެންމެ ގިނައިން މަސް ގަންނަނީ އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށްކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މިފްކޯއިން ބުނީ މިހާރު އެވްރެޖްކޮށް ކޮންމެ ދޯންޏަކުން 10 - 12 ޓަނުގެ މަސް ބާނާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު