ހުޅުމާލޭގައި މުދާ އުފުލާ ލިފްޓެއް ވެއްޓި 2 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:00 ހާއިރު ހުޅުމާލެގައި ހުރި ގުދަނެއްގައިކަމަށެވެ. އަދި މިހާދިސާގައި މުދާ އުފުލުމަށް ބޭނުންކުރާ ލިފްޓް ވެއްޓި ދެ މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަނިޔާވީ 2 ބިދޭސީންނަށްކަމަށާއި، އެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަަމަށެވެ.

ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު