ވިއްސާރަ ދުވަސްވަރު ހިޔާ ޓަވަރުތަކަށް ފެން ވަންނާތީ، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން މިމަސައްކަތް ފަށާފައި މިވަނީ ވިއްސާރަ ދުވަސްވަރު ފްލެޓްތަކާއި ފްލެޓްތަކުގައި އާއްމުން ހިނގަން އޮންނަ ކޮރިޑޯއާއި ކޮމަން އޭރިއާތަކަށް ފެން ވަދެ، ފެން ބޮޑުވާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން އުފުލާފައިވަނިކޮށެވެ.
ހިޔާ ފްލެޓްތަކުގައި އާއްމުންނަށް ދަތިވާގޮތަށް ހުރި ކަންކަން ދެނެގަނެ އެ ކަންކަން ޙައްލުކުރުމަށް އެޗްޑީސީން މަސައްކަތް ފަށާފައިވާއިރު، އޭގެ ތެރޭގައި ހިޔާގެ ކޮރިޑޯއަށް ފެން ވަންނަ ތަންތަނުގައި ވެދަރ ގްރިލްތައް ހަރުކުރުމަކީ އޭގެ ދަށުން ކުރާ އެއް މަސައްކަތެވެ.
އެޗްޑީސީން ބުނީ ޓަވަރުތަކަށް ފަސޭހައިން ފެން ވަންނަ ގޮތަށް ހުރި ތަންތަން ދެނެގަނެ، ފެން ނުވަންނާނެހެން ވެދަރ ގްރިލް ހަރުކުރުމުގެ ޑިޒައިންތައް ނިމި، ގްރިލްތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މިއަހަރުގެ ވިއްސާރަ ދުވަސްވަރު އައުމުގެ ކުރިން އެ މަސައްކަތް ނިންމަން އެޗްޑީސީން ދަނީ މަސައްކަތްކުރަމުންނެވެ.
އެޗްޑީސީން ދަނީ ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް ފަސޭހަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ. އޭގެއިތުރުން އަސާސީ ވަސީލަތްތައްވެސް އެ ސަރަހައްދުގައި ގާއިމްކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދުގެ ގަދަ ވަޔާ ވާރެއާއެކު އެޗް9 ޓަވަރުގެ ހުޅަނގު ދެކުނު ފަރާތް pic.twitter.com/fkthierB8G
— Commoners Friendship Association ( ކޮތަރު ކޮށި ) (@AEG_Mv) September 15, 2021
އެޗްޑީސީން ބުނީ ޓަވަރުތަކަށް ފަސޭހައިން ފެން ވަންނަ ގޮތަށް ހުރި ތަންތަން ދެނެގަނެ، ފެން ނުވަންނާނެހެން ވެދަރ ގްރިލް ހަރުކުރުމުގެ ޑިޒައިންތައް ނިމި، ގްރިލްތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މިއަހަރުގެ ވިއްސާރަ ދުވަސްވަރު އައުމުގެ ކުރިން އެ މަސައްކަތް ނިންމަން އެޗްޑީސީން ދަނީ މަސައްކަތްކުރަމުންނެވެ.
ހިޔާ ފުލެޓުގައި ދިމާވެފައިވާ މައްސަލަތައް ބެލުމަށްފަހު މި ކޯޕަރޭޝަނުން މި ފުލެޓުތަކަށް ގެނެވިފައިވާ ބަދަލުތަކާއި ކުރިއަށް ރޭވިފައިވާ ކަންތަތައް!#މަގޭހިޔާ https://t.co/FJ06VEbvcL
— HDC (@hdcmaldives) April 7, 2022
އެޗްޑީސީން ދަނީ ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް ފަސޭހަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ. އޭގެއިތުރުން އަސާސީ ވަސީލަތްތައްވެސް އެ ސަރަހައްދުގައި ގާއިމްކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު