މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި އިމްތިޔާޒު ފަހުމީ، އިންތި ވާދަކުރައްވަނީ ދޮޅު އަހަރުން މިވެރިކަން ނިންމާލަން ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު ނިހާދު ތުހުމަތު ކުރައްވައިފިއެވެ.
ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރަށްވާ ދެ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ދެފެކްޝަނަށް ބެހިފައިވާއިރު ދެ ފަރާތުން ގެންދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.
އިމްތިޔާޒަށް ނިސްބަތް ކުރައްވާ ނިހާދު މިއަދު ވިދާޅުވީ، ދޮޅު އަހަރުން ވެރިކަން ނިންމާލަން، ޗެއަރޕާސަންގެ މަގާމަށް އަންނަން ކެމްޕޭންކުރާ މީހެއްގެ މަގުސަދު ވަރަށް ސާފު ކަމަަށެވެ.
ނިހާދު ވިދާޅުވީ، އެމްޑީޕީ މެންބަރުން 2023 ވެސް ބޭނުންކަމަށާއި، އަދި އެމަގަށް މަސައްކަތް ކުރައްވަނީ ޗެއަރޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ ފައްޔާޒު އިސްމާޢީލް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޗެއަރޕާސަންގެ އިންތިހާބުގެ ކެމްޕޭންތެރޭ ދާދިފަހުން އިންތިގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވަނީ އިންތިހާބުގެ ކެމްޕޭންގައި ފައްޔާޒުގެ ޓީމުން ވަޒީފާގެ ބިރު ދައްކާ ކަމަށާއި ޕްރޮޖެކްޓްތައް ހުއްޓާލާނެކަމުގެ ބިރު ދައްކާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި މިނިސްޓަރުކަމުގެ މަގާމު ހަމަވާން އޮތީ ދޮޅު އަހަރެއްހާ ދުވަސް ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.
ބެލެވޭގޮތުގައި މި ސަރުކާރު އެއް ދައުރުން ނިމޭނެކަމަށް ބުނެ އިންތި ކެމްޕޭން ކުރައްވާކަމަށް ނިހާދު ތުހުމަތު ކުރައްވާފައި މިވަނީ އީވާ އެދުވަހު ދެއްކެވި ވާހަކައާއި ގުޅުވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު