މަސްވެރިކަން ރަނގަޅުވެ، ބާނާ ހުރިހާ މަހެއް ގަތުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ މަސްގަތުމަށް ވަގުތީގޮތުން ބޭރުގެ ބޯޓެއް ހޯދުމުގެ މަސައްކަތް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ފަށައިފއެވެ.
މަސްގަތުމަށް ވަގުތީގޮތުން ބޭރުގެ ބޯޓެއް ހޯދުމުގެ މަސައްކަތް މިފްކޯއިން ފަށާފައިވާކަން ހާމަކުރެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ.
ދެކުނުގެ އަތޮޅުތަކުގެގެ މަސްވެރިކަން ރަނގަޅުވެފައިވާއިރު ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން މިވަގުތު ހުންނެވީ ހުވަދު އަތޮޅުގައެވެ.
"ދެކުނަށް މަސްކިރާ ގޮތް ބަލާ މަސްވެރިންގެ އަޑުއެހުމަށް އައިސް ގއ. ކޫއްޑޫގައި." ޑރ. ހުސެއިން ފޭސް ބުކްގައި އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މިނިސްްޓަރ ވިދާޅުވީ ރޯދަމަސް ފެށުނީއްސުރެ ދެކުނުގެ މަސްވެރިކަން الله ގެ ރަހުމަތްފުޅުން ވަނީ އާދަޔާ ހިލާފަށް ރަނގަގަޅުވެފައިކަމަށެވެ. އަދި ދެކުނުގެ ހުރިހާ މަސްކިރާ ސެންޓަރުތަކަކުން މަސްގަނެވޭނެ އެެެންމެ ގިނަ އަދަދަކަށް އެތަންތަނަށް މިއަދު ދަނީ މަސް ގަންނަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މާންދޫ (120 ޓަނު) އާއި ކޫއްޑޫ (240 ޓަނު) އާއި ޖަޒީރާ 102 (120 ޓަނު) އަށާއި މަހާކަލަމިންޖާ (75 ޓަނު) އަދި ހުޅުމީދޫ (60 ޓަނު) ގެ ފުރީޒިންގ ކެޕޭސިޓީ (ޖުމުލަ 615 މެޓްރިކް ޓަނު) ބޭނުންކޮށްގެން މަސްގަނެވޭނެ އެެެންމެ ގިނައަދަށް އެތަންތަނަށް މިއަދު ދަނީ މަސްގަންނަމުން." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްްޓަރ ވިދާޅުވީ މަސްވެރިން ކިރަން ގެންނަ މަހުގެ މިންވަރު، 24 ގަޑިއިރެއްގެ ތެރޭގައި މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީއަށްވުރެ ބޮޑުތަނުން އިތުރު ވަމުންދާތީ ކޮންމެ ދޯންޏަކުން މަސްކިރާ މިންވަރު ލިމިޓް ކުރަންޖެހިފައިވާކަމަށެވެ. އަދި މަސްވެރިން މަސް ނުކިރި ކިޔޫގައި މަޑުކުރަން ޖެހިފައިވާކަމުގެ ހައްގު ސަކުވާ މަސްވެރިން ކުރަމުންދާކަމަށާއި މިކަން މިގޮތަށް އޮތްނަމަވެސް، މާންދުއާއި ކަޫއްޑޫއާއި ހުޅުމީދޫ އިން ދަނީ ކިޔު ތަރުތީބުން މަސްގަނެ، ދޯނިތައް ހުސްކުރަމުންކަން މިނިސްްޓަރ ފާހަގަކުރެއްވިއެވެ.
ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މަސްވެރިން ބާނައިގެން ގެންނަ ހުރިހާ މަހެއް އެއްބުރުން ނުގަނެވޭ މައްސަލަ ދާއިމީކޮށް ހައްލު ކުރެވޭނީ މަސް ފުރީޒްކުރާ ކެޕޭސިޓީ ދެކުނުގައި މިހާރު ހުރިވަރަށްވުރެ އިތުރަށް ގާއިމުކޮށްގެންކަމަށެވެ. އަދި ވަގުތީގޮތުން މިކަން ހައްލުކުރުމަށް މަސްގަނެ ފުރީޒުކުރާ ބޮޑުއުޅަނދެއް ފެލިވަރުން ކޫއްޑޫއަށް މިހާރުވެސް ގެނެސްފައިވާކަމަށާއި މަސްގަނެ ފިނިކޮށް ސްޓޯރ ކުރެވޭވަރު އިތުރު ކުރުމަށް މަސް ގަންނަ ބާޖެއްވެސް މާންދޫގައި ދަނީ ބޭނުން ކުރަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މަސްގަތުމަށް ވަގުތީގޮތުން ބޭރުގެ ބޯޓެއް ހޯދުމަށްވެސް މިފްކޯ އިން ދަނީ މަސައްކަތްކުރަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިފްކޯއިން ބުނީ އެކުންފުނިން މަސައްކަތް ކުރަމުންދަނީ އަބަދުވެސް ގަނެވެން އޮތް އެންމެ ގިނަ އަދަދަކަށް މަސްވެރިންގެ އަތުން މަސް ގަތުމަށް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް މަސްވެރިންގެ އަތުން 19000 ޓަނުގެ މަސް ގަނެފައިވާކަމަށް މިފްކޯއިން ބުނެއެވެ. އަދި އެއީ 300 މިލިއަން ރުފީޔާގެ މަސްކަމަށް މިފްކޯއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު