ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއަށް މިހާތަނަށް ހޯދުނު ހުރިހާ ކާމިޔާބީއަކީ ޕާޓީ "ހިންގާލައިގެން" ލިބުނު ކުރިއެރުން ކަަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ދެކޮޅަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުގައި ނުކުމެވަޑައިގެންފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީ އޮތީ "ހިންގާލާފައި" ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި "ހިންގާލަން" ސްލޯގަން ބޭނުންކުރައްވަނީ އިކޮންމިކް މިނިސްޓަރު ފަައްޔާޒު އިސްމާއީލެެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހިންގުމުގެ އެންމެ މައިގަނޑު ނިޒާމަކީ އެތެރޭގެ އިންތިހާބުތައް ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ހިންގުން އަމާޒުވާން ޖެހޭނީ އިންތިހާބު ކާމިޔާބު ކުރުމުގެ މައްޗަށް ކަމަށާއި އެކަމުގައި އެމްޑީޕީ ނުހިންގިފައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2017 އިން ފެށިގެން މިހާތަނަށް އެ ޕާޓީއަށް ގެއްލުނީ މި ފަހުން ބޭއްވި ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ ބައި އިލެކްޝަން އެކަނި ކަމަށެވެ. އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ޗެއާޕާސަން ކަމުގެ ފަސް އަހަރުގެ ދައުރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް ހަމަވެފައި ވަނިކޮށް އިންތިހާބަކަށް ދާން ޖެހުމުންކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންތިހާބުތައް ކާމިޔާބުވުމާއެކު ޕާޓީ ހިނގާ ކަން އެނގެނީ ރާއްޖޭގައި ފެންނަން ހުރި އެމްޑީޕީގެ ދިދަ އާއި ކުލައިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޕާޓީގެ އަޑާއި ކަންކަމުގައި ބަހުސްތަކަށް ހުޅުވި ކުރިއަށް ދިއުމާއި އެ ކަންކަމުގައި އާއްމު މެމްބަރުންގެ ބައިވެރިވުން އޮތުމަކީ ވެސް ޕާޓީ ހިނގަމުން އައުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕާޓީތައް އެކުލެވޭ ނިޒާމެއް ރާއްޖެ ގެނެސް 30 އަހަރުގެ ހުދުމުހުތާރު ވެރިކަން ފުރޮޅާލީ ވެސް އެމްޑީޕީ ހިނގާތީ ކަމަށެވެ. ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވީ ވެސް އެ ޕާޓީ ހިނގާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަޣާވާތްކޮށްގެން ވައްޓާލައި އެ މަނިކުފާނާއި ޕާޓީގެ އެތައް ބަޔަކު ޖަލަށް ލުމުން 2018ގައި އަލުން އަނެއްކާވެސް އިންތިހާބު ކާމިޔާބުވީ އެމްޑީޕީ ހިނގާތީ ކަމަށެވެ. ޕީޕީއެމާއި ޖޭޕީއާއި އަދާލަތު ޕާޓީގެ އިތުރުން އިލެކްޝަންސް ކޮމިޝަން ވެސް ހިނގަނީ އެމްޑީޕީ ހިނގާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އިންތިހާބު ކާމިޔާބު ކުރުން ނޫން ކަމަކަށް އެމްޑީޕީ ހިންގާލާކަށް ނުޖެހޭ، އަޅުގަނޑަކީ މިވަގުތު އެމްޑީޕީގެ ރައީސް. އެމްޑީޕީ ނުހިނގާ ކަމަށް ބުނަނީ ނަމަ އަޅުގަނޑު ދެކޭނީ އަޅުގަނޑު އެއްޗެއް ބުނަން ޖެހޭ ކަމަށް." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ތާއިދާއެކު ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެެވެ. އިންތިގެ ޓީމުން ކެމްޕޭންގައި ބޭނުންކުރަނީ "ތިލަފަތުގެ ރަމްޒު" އެެވެ. އެއާއެކު ދެން ދައްކަނީ ރައީސް ނަޝީދުގެ ތާއީދު އޮތީ އިންތިއަށް ކަމެވެ. އަދި ފައްޔާޒު މަގާމަށް ވަޑައިގަންނަވަން އުޅުއްވަނީ ރައީސް ނަޝީދު ބޭރުކުރަން ކަމަށެވެ.

ފައްޔާޒުގެ ޓީމުން ބުނަމުން ދަނީ އިންތިގެ ޓީމުން ރައީސް ނަޝީދުގެ ފޮޓޯ ޖަހައިގެން ނުކުމެ ރައީސް ނަޝީދު ބޭރުކުރަން ބަޔަކު އުޅޭ ކަމަށް ބުނެ އެންޓި ކެމްޕޭންކޮށް ހަގީގަތެއް ނެތް ވާހަކަ ދައްކަނީ އިންތިހާބު ނާކާމިޔާބު ވާނެކަން ޔަގީންވުމުން ގޮތް ހުސްވެގެން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު


0

ތިލަފަތް

15-Apr-2022

ރައީސް ނަސީދު ބޭރު ކޮއްގެން އެމްޑީޕީ ޕާޓީއެއްގެ ގޮތަކު ނޯނާނެ އަދި ކާމިޔާބު ކުރެވޭނެ އިންތިޚާބެއްވެސްނޯނާނޭ


9

ތިލަފަތުގެ ރަމްޒު

11-Apr-2022

ތިލަފަތުގެ ރަމްޒޭ ކިޔަސް މާލޭ މަގުތަކުގައި އެލުވާފަ ހުރި ބަނޭ ތަކުން އިނގޭ އެމްޑިޕީ ނުހިންގޭކަން. ޢެ ބެނާތަކުގައިވާ ކަންކަން ކުރަން އެމްށިޕީ ހިންގާލަން ޖެހޭ. ޢެކަން ވާނީ ތި ދެމީހުންކުރެ ފައްޔަޒަށް


-4

ހައްމާމު

11-Apr-2022

30 އަހަރުގެ ހުދުމުހުތާރު ވެރިކަން ފުރޮޅާލީ އެމްޑީޕީ ހިނގާތީ އެއް ނޫން. ބަދަލަކަށްދިން ވޯޓެއް އެއީ. އެމްޑީޕީ ހިނގި ނަމަ އެއާ ޖެހިގެން އައި ބަރުލަމާނީ ރިޔާސީ ވޯޓު ކާމިޔާބުވީސް.


5

ޟަރީ

11-Apr-2022

ކެނެރީގޭ ލާދީނީ ނަޝީދު މޑޕ އިން ބޭރުކުރޭ އެއީ ގައުމައް ޖެހިފަ އޮތް ވަބާއެއްް


-2

ޟަރީ

11-Apr-2022

ކެނެރީގޭ ލާދީނީ ނަޝީދު މޑޕ އިން ބޭރުކުރޭ އެއީ ގައުމައް ޖެހިފަ އޮތް ވަބާއެއްް