މާލޭގެ ގެއެއްގެ ތަޅުންދަށުގައި ފޮރުވާފައިހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ޢަބްދުﷲ ނަޝީދަކީ ޕެރޯލްގެ ދަށުން ދޫކޮށްލާފައިހުރި މީހެއްކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.



ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. 2022 މާރިޗް 24 އަދި 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 3840، އަޙްމަދު ޙުސައިން (39އ) އާއި ކ. މާލެ، މ. ނޫރުއް، ޢަބްދުﷲ ނަޝީދު (46އ) އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކުރި އޮޕަރޭޝަންގައި މާލޭގެ ދެ ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި ޢަބްދުالله ނަޝީދުގެ ބަންދު މުރާޖަޢާ އަޑުއެހުމުގައި ފުލުހުންބުނީ ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2006 ވަނަ އަހަރު އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ މީހެއްކަމަށެވެ. އަދި އޭނާ ދޫކޮށްލާފައިހުރީ ޕެރޯލްގެ ދަށުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކޯޓުންވަނީ ދީފައެވެ. އަދި އެ މައްސަލައިގެ އެންމެ އިސް މޭސްތިރިޔާ ކަމަށް ފުލުހުން ތުހުމަތުކުރާ އަހުމަދު ހުސައިން ވެސް މިހާރުހުރީ ފުލުހުންގެ ބަންދުގައެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި އަލިފުށީ ދާއިރާއަށް ވާދަކޮށްފައިވާ އަޙްމަދު ޙުސައިންގެ ބަންދު މަޖިލީހުގައި ފުލުހުންބުނެފައިވަނީ އަޙްމަދު ޙުސައިންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ކަމަށެވެ. އަދި މަސްތުވާތަކެތި އަތުލައިގަތުމުން ފުލުހުންނަށް ފިލުމަށް އަހްމަދު ހުސައިން އޭނާ ގެންގުޅޭ ފޯނު ނަންބަރާއި ފޯނު ވެސް ބަދަލުކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-8

ނަޝީދުބޭ

11-Apr-2022

ވިޙާވެސް ތުނބުޅި ދިގުކޮށްގެން. ސުންނަތަށް އުޅެަކަމސް ދައްކައިގެން މާތ ﷲ ހަރާމްކުރެއވި ކަންތައްތައްކުރާ މީހުން ގެ ނިމުން ހުރި ގޮތާމެދު ވިސްނާލަމާ.



ޓްރެންޑިން