ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކޮށްފައިވާ ލޯންޗް ކެޕްޓަންގެ ފޯނުން ތުހުމަތުކުރެވޭ މެސެޖްތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ކަނޑުމަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން މިދިޔަ މާރޗް މަހުގެ 14 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައި ވަނީ 12.6 ކިލޯގެ މަސްތުވާތަކެއްޗެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ ނ. ވެލިދޫ މަރިޔާޒް މުހައްމަދު އަބްދުއްލަތީފާއި، އިންޑިއާ ރައްޔިތެއްކަމަށްވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ އާއި ބަންގްލަދޭޝަށް ނިސްބަތްވާ ކަވްސަރު އަލަމް އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ އެމީހުންގެ ބަންދުގެ މުއްދަތު ޖަހައިދީފައެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ ލޯންޗް ކައްޕި ނ. ވެލިދޫ މަރިޔާޒް މުހައްމަދު އަބްދުއްލަތީފްގެ ބަންދުގެ މުރާޖަޢާ އަޑުއެހުމުގައި ފުލުހުން ބުނެފައިވަނީ އިންޓެލިޖެންސް ރިޕޯޓުންނާއި މޯބައިލް އެކްސްޓްރެކްޝަން ރިޕޯޓުން އެ ދަތުރަކީ މަސްތުވާތަކެތި ބަލާދިއުމަށް ކުރާ ދަތުރެއްކަން ކައްޕިއަށް އެނގޭކަމަށް ބެލެވޭފަދަ މެސެޖުތަކެއް ހުރިކަމަށެވެ. އޭގެ އިތުރުން މަސްތުވާތަކެތި އަޅާފައިހުރި ދަބަސް އެއްލާލުމުން އޭނާ ދުވެ ފިލާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
އޭނާގެ ބަންދަށް ކޯޓުންވަނީ 5 ދުވަސް ޖަހާފައެވެ. ފުލުހުން ބުނީ މުހައްމަދު އަބްދުއްލަތީފަކީ ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ މި މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއް ކަމަށެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ޑްރަގާއި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ޑްރަގާއި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު އޮތީ ކޯޓުގައި ކަމަށެވެ. އޭގެ އިތުރުން، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު