ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
ފުލުހުންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 20 ވަނަ ދުވަހުވެސް ވަނީ ހުޅުވާލާފައެވެ. ނަމަވެސް، އެކަށީގެންވާ ވަރަށް ފޯމު ހުށަހަޅާފައިނުވާތީ ފުލުހުންގެ އިދާރާއިން އެ ފުރުސަތު މިހާރުވަނީ އަލުން ހުޅުވާލާފައެވެ.
ފުލުހުންގެ އިދާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ ޖީސީއީ އޯ ލެވެލް އިމްތިހާނު އަދި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނު ހިމެނޭހެން ވަކި ފެންވަރަކުން ފާސްވެފައިވާ ބަޔަކަށް ވާން ޖެހޭނެ ކަމަށާ މީގެއިތުރުން އެ މީހަކީ ތައުލީމީ ޝަރުތު ފުރިހަމަވުމާއިއެކު އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހޭނެ ކަމަށެވެ. މީގެއިތުރުން އެމީހަކީ ފިރިހެނެއް ނަމަ ކުރުވެގެން ފަސް ފޫޓް އެއް އިންޗި އަދި އަންހެނެއް ނަމަ ކުރުވެގެން ހަތަރު ފޫޓް އަށް އިންޗި އިސްކޮޅުގައި ހުންނަ މީހަކަށް ވެސް ވާން ޖެހެއެވެ.
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުމާއި ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައިވާ ފަރާތެއް ކަމުގައި ވާންޖެހެއެވެ.
މީގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
މި ޝަރުތުތައް ހަމަވާ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ 3:00 ގެ ކުރިން އެކަމަށް އެދޭ ފޯމު ހުށަހަޅަން ފުލުހުންގެ އިދާރާއިން އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު