ކ-ވ: ފޭދޫ ދާއިރާގެ މެމްބަރު ނިހާދު އަދި ބޮންޑޭ
ކ-ވ: ފޭދޫ ދާއިރާގެ މެމްބަރު ނިހާދު އަދި ބޮންޑޭ
ސަރުކާރު ވައްޓާލަން މަގުމައްޗަށް ނިކުންނަންގޮވާލަންވީ ނޫންހޭ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އާއި ސުވާލު ކުރައްވައިފިއެވެ.

ނިހާދު މިހެން ވިދާޅުވެ ސުވާލު ކުރެއްވީ، ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން އެތަނަށް ކުރި ހަރަދު ހަމަވަންދެން ކުލީގެ ގޮތުގައި ނަގާ އަދަދު ކުޑަކުރުމަށް ބޮންޑޭ ގޮވާލެއްވުމާއި ގުޅިގެންނެވެ. ބޮންޑޭގެ ވާހަކަ ތަކާއި ގުޅިގެން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވަނީ "މާދުރުދުރުން" އުޅެނީ ކީއްވެތޯ ބޮންޑޭއާއި ސުވާލު ކުރަައްވާފައެވެ.



"ސަރުކާރު ވައްޓާލަން ސީދާ ހަރަކާތަށް މަގުމަަައްޗަށް ނިކުންނަން ގޮވާލަންވީ ނޫންތޯ؟،" ބޮންޑެގެ ވާހަކަތަކާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ނިހާދު ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އިއްޔެ ވިދާޅުވީ، ދިނީ ހިޔާ ފްލެޓް ކަމަށްބުނި ނަމަވެސް އެ ފަރާތްތަކަށް ފްލެޓެއް ނުދެވޭ ކަމަށާއި، ދެވުނީ ހަތަރު ފާރު ކަމަށެވެ. އަދި އެންމެ އިންސާފުވެރި ގޮތަކީ ހިޔާ ފުލެޓް ލިބުނު ފަރާތްތަކުން އެތަނަށް ކުރި ހަރަދު ހަމަވަންދެން މަހަކު 4500 ރުފިޔާ ކުލީގެ ގޮތުގައި ނެގުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮންޑޭ މިގޮތަށް ވާހަކަ ދެއްކެވިއިރު ފްލެޓްތައް ހަވާލުކޮށް ބައެއް މީހުން ފްލެޓް ތަކުގައި ދިރިއުޅޭތާ ހަމަހަށްވުރެ ގިނަދުވަސްވެފައިވާއިރު ސަރުކާރުން މިހާތަނަށް ވެސް ހިޔާ ފްލެޓުން އެއްވެސް ފީއެއް ނަގާފައެއް ނުވެއެވެ.

ބޮންޑެއަކީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. އިންތި ކެމްޕޭންގައި ބޭނުންކުރަނީ "ތިލަފަތުގެ ރަމްޒު" މި ޝިއާރެވެ. އިންތިއާއި އޭނާގެ ޓީމުން މަސައްކަތް ކުރަނީ ސަރުކާރު ވައްޓާލަން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވެސް ވަނީ ތުހުމަތުކުރައްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު


-8

ނިހާދޫ

11-Apr-2022

ސަރުކާރުން ނިންމާނިންމުންތަކައް ފާޑުކިޔުމަކީ ސަރުކާރު ވައްޓާލަން އުޅޭކަމައް ތާތިވަނީ.. މަޖުލީސް މެންބަރެއްގެ ހައިސީއްޔަތުން ބޮންޑޭ ގެ ލަފާގުޅިފަވަނީ ވަރައްގިނަ އާއިލާތަކެއްގެ އިހްސާސްތަކާއި. ވީއިރު ސަރުކާރު ވައްޓާލުމާ މިދިން ލަފަޔާ ކިހާވަރެއްގެ ގުޅުމެއް އެބައޮތްބާ. މަންޒަރުފެންނަން އޮތްގޮތުގަ އިންތި މިއިންތިހާބު ކާމިޔާބު ކުރާނެ.. މިހެންވެއްޖެނަމަ ނިހާދުއާއި ފައްޔާޒު އަދި މިސަރުކާރުގެ ބާރާނުފޫޒުގަ ފައްޔާޒައް ކެމްޕެއިން ކުރައްވާ ސަރުކާރުން ނަފާލިބޭ ނިހާދުމެންކަހަލަ މެންބަރުންގެ ބާރުކެނޑި އުންމީދުކޮއްގެން ހުރި ލޯނުތަކާ ވަޒީފާތައް ނުލިބޭނެތީ ރުޅިވެސް ގަދަވާނެތާ…