ފުވައްމުލަކަށް ބަނދަރުކުރާ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމުމުން، ސަފާރީ އޮޕަރޭޓަރުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ 50 ޑޮލަރުން 500 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 7700 ރުފިޔާއަށް ބޮޑުކުރަން ނިންމާފައެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ނިންމުމަށް ޢަމަލުކުރަން ފަށާފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނާގޮތުން މިއީ އެ ސިޓީގެ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ނިންމި ނިންމުމެކެވެ. އެގޮތުން ބަނދަރުން ސަފާރިތައް ބޮޑު ޖާގައެއް ނަގާކަން ކައުންސިލުން ފާހަގަކުރެއެވެ.

ފުވައްމުލަކަށް ބަނދަރުކުރާ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމުމުން، ސަފާރީ އޮޕަރޭޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މިގޮތުން ނެޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ ސަފާރީ ބޯޓުވަނުމަށް މިހާރު ނަގަމުންދާ 50 ޑޮލަރުގެ ފީގެ ބަދަލުގައި 1 އެޕްރިލުން ފެށިގެން ހަމައެކަނި ސަފާރީ ބޯޓުތަކުން މިހާ ބޮޑު ފީއެއްނަގަން ނިންމުމަކީ ވަރަށް ދެރަކަމެއްކަމަށެވެ. އަދި އެކަށީގެންވާ ފީއެއް ހަމަހަމަކޮށް އެންމެން އަތުން ނެގުން ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.



ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި މިހާރު ފަތުރުވެރިކަމުގެ ވިޔަފާރީގައި އުޅުއްވާ އާދިލް ސަލީމް ވިދާޅުވީ ލޯކަލް ޓުއަރިޒަމް ރަނގަޅަށް ނުފެށެނީސް، މިފަދަ ނިންމުމުން ނިންމުމުން ރަށުގެ ފަތުރުވެރިކަމަށް އޭގެ އަަސަރުކުރާނެކަމަށެވެ.



ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ގިނައިން ސަފާރީތައް ބަނދަރުކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށަކަށްވާއިރު، އާންމު ގޮތެއްގައި ދުވާލަކު އެ ރަށު ބަނދަރަށް ހައެއްކަ ސަފާރީ ވަދެއެވެ.



ކިޔުންތެރިންގެ ހިޔާލު


8

ގާދިރު

11-Apr-2022

ހަމަ ނަގަންވީ 50$ ތިޔައީ ވަރަށްވެސް ކުޑަ އަދަދެއް ބޮޑަށް ރަނގަޅީ މިހާރަށް ބަލާފައި 100$ 75$ ދޭތެރޭ އަދަދެއް ނެގުން