ގައުމީ އެއަރލައިން، މޯލްޑިވިއަންގެ މަތިންދާބޯޓެއްގެ ލޭންޑިންގ ގިޔަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުން އިމަރޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލޭންްޑިންގ ގިޔަރަށް މައްސަލަ ދިމާވީ، ލ. ކައްދޫ އެއާޕޯޓަށް ޖައްސަން އުޅުނު މަތިންދާބޯޓެކެވެ. އެގޮތުން ބޯޓުގެ ލޭންޑިން ގިޔަރު ނުހުޅުވިގެން، ބޯޓުގެ މިސްރާބު އަނބުރާލައި، މިރޭ 8:10 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަނީ ޖައްސާފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލޭންޑިން ގިޔަރު ތާށިވި ނަމަވެސް އިތުރު އެއްވެސް މައްސަލައެއް ދިމާނުވެ، އެ ބޯޓު ރައްކާތެރިކަމާ އެކު ވީއައިއޭގައި ޖައްސާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވިއަންއިން މިހާތަނަށް ރަސްމީކޮށް ވާހަކަދައްކާފައެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު