ރާއްޖޭގެ ތާރީހުގައި މިފަހުން ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ރިކަވާ ކުރެވޭނެ ދިމާތަކެއް އެބަހުރި ކަމަށާއި އަދި އެކަން ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ، ބޮޑު ޚިޔާނަތުގެ މައްސަލައިގައި އެކޮމިޝަންގެ މުޅި ތަހުގީގުގައި އެންމެ އިސްކަމެއް ދޭނީ ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދޭނެ ގޮތްތައް ބެލުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް އެކޮމިޝަނަށް ބައެއް ފަރާތްތަކުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ބޮޑު ޚިޔާނާތުގެ ފައިސާއިން ބައެއް ރިކަވާ ކުރެވޭނެ ދިމާތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި އޭގެ ތެރޭގައި ރިކަވާ ކުރެވޭނީ ކިހާ ފައިސާއެއްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެހެން ނަމަވެސް އުއްމީދު އެބައޮތް ކަމަށް އަބްދުއްސަލާމް ވިދާޅުވިއެވެ. އޭސީސީގެ ނައިބް ރައީސް އަބުދުލް ސަލާމް އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މަންފާވި މީހުންގެ ތަހުގީގާއި ނުއަގުގައި ދޫކުރި ރަށްތަކުގެ ހަމައަގު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކުއެކީގައި ކަމަށެވެ. އަބްދުއްސަލާމް ވިދާޅުވީ ހިޔާނާތުގެ ތެރެއިން ދޫކުރި ރަށްތަކުގެ ހަމައަގު އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާކަމަށެވެ. އަދި އެރަށްތަކުގެ ހަމަ އަގު ދައުލަތަށް ހޯދުމަކީ އެންމެބޮޑު އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު އޮތް އެމްއޯޔޫ ވެސް އަޅުގަނޑުމެން ރިވިއު ކުރާނަން، އަޅުގަނޑުމެން އެމްއެމްޕީއާރުސީގެ މީޓިންތަކުގައި ފާހަަގަކުރިން މަޝްވަރާކުރަން ބޭނުމޭ މި ސްޕީޑް އަވަސް ކުރެވޭނެ ގޮތަކަށް އެމްއޯޔޫ ބަދަލުކުރަން. އޭގެ އިތުރުން ދައުވާ ކުރަން ކޮމިޝަންތަކުން ހުށައަޅާ މައްސަލަތައް ޕީޖީ އޮފީހުގައި އެކަން އަވަސް ކުރެވޭނެ ގޮތަކީ ކޮބައިތޯ މަޝްވަރާކުރެވިފައި ހުންނާނީ." އަބުދުލް ސަލާމް ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އިބްރާހިމް ޝާމިލް ވިދާޅުވީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެމްއެމްޕީއާރުސީއާއި ގުޅޭ ޖޮއިންޓް އިންވެސްޓިގޭޝަންގެ މައި ހުރިހާ އިދާރާތަކެއް އެއްކޮށް ބައްދަލުކުރެވިފައިވާ ކަމަށާއި، ކުރިއަށްދާނެ ޕްލޭނެއް އެކުލަވާލުމަށާއި، މިހާރު އޮތް އެމްއޯޔޫ ރިވައިސްކޮށް އަލުން މަސައްކަތްތައް ބައްޓަންކުރާނެގޮތަކަށް އެއްބަސްވެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތުގެ ތެރެއިން ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ވަނީ ދޫކޮށްފައެވެ. މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާ ކަމަށް މިހާރު އުވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، އެންޓި-ކޮރަޕްޝަން ކޮމިޝަންއާ ބައްދަލުކުރުން pic.twitter.com/okuSmjvLR3
— People's Majlis (@mvpeoplesmajlis) April 11, 2022
"މިހާރު އޮތް އެމްއޯޔޫ ވެސް އަޅުގަނޑުމެން ރިވިއު ކުރާނަން، އަޅުގަނޑުމެން އެމްއެމްޕީއާރުސީގެ މީޓިންތަކުގައި ފާހަަގަކުރިން މަޝްވަރާކުރަން ބޭނުމޭ މި ސްޕީޑް އަވަސް ކުރެވޭނެ ގޮތަކަށް އެމްއޯޔޫ ބަދަލުކުރަން. އޭގެ އިތުރުން ދައުވާ ކުރަން ކޮމިޝަންތަކުން ހުށައަޅާ މައްސަލަތައް ޕީޖީ އޮފީހުގައި އެކަން އަވަސް ކުރެވޭނެ ގޮތަކީ ކޮބައިތޯ މަޝްވަރާކުރެވިފައި ހުންނާނީ." އަބުދުލް ސަލާމް ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އިބްރާހިމް ޝާމިލް ވިދާޅުވީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެމްއެމްޕީއާރުސީއާއި ގުޅޭ ޖޮއިންޓް އިންވެސްޓިގޭޝަންގެ މައި ހުރިހާ އިދާރާތަކެއް އެއްކޮށް ބައްދަލުކުރެވިފައިވާ ކަމަށާއި، ކުރިއަށްދާނެ ޕްލޭނެއް އެކުލަވާލުމަށާއި، މިހާރު އޮތް އެމްއޯޔޫ ރިވައިސްކޮށް އަލުން މަސައްކަތްތައް ބައްޓަންކުރާނެގޮތަކަށް އެއްބަސްވެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތުގެ ތެރެއިން ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ވަނީ ދޫކޮށްފައެވެ. މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާ ކަމަށް މިހާރު އުވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެެވެ.
ކިޔުންތެރިންގެ ހިޔާލު