ކޯވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނަގަނީ --
ކޯވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނަގަނީ --
މިހިނގާ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 655 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 91 މީހުންނެވެ. އަދި އަތޮޅުތަކުން 482 މީހުން ޕޮޒިޓިވް ވެފައިވާއިރު މި މުއްދަތުގައި އެއްވެސް މީހަކު ކޮވިޑް ޖެހިގެން ނިޔާވެފައެއް ނުވެއެވެ.

ނިމުނު ހަފުތާގައި ކޯވިޑް-19 އަށް ޕޮޒިޓިވްވީ 655 މީހުނެވެ.

ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެ ދުވަހު 20 މީހުން ޕޮޒިޓިވްވިއެވެ. އެވްރެޖްކޮށް ދުވާލަކު 13 މީހުންނަށް މާލެ ސަރަހައްދުން ކޮވިޑް ޖެހިފައިވާއިރު އެންމެ މަދު މީހުންނަށް މާލެ ސަރަހައްދުން ކޮވިޑް ޖެހިފައިވަނީ އޭޕްރީލް 3 ވަނަދުވަހުއެވެ. އެއީ 4 މީހުންނެވެ.

އަތޮޅުތަކަށް ބަލާއިރު ފާއިތުވި ހަފްތާގައި އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުއެވެ. އެއީ 102 މީހުންނެވެ. އެންމެ މަދުން އަތޮޅުތަކުން ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އޭޕްރީލް 8 ވަނަ ދުވަހުއެވެ. އެއީ 9 މީހުންނެވެ.

މުޅި ރާއްޖޭގައި ފާއިތުވި ހަފްތާގައި އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓު ކޮށްފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުއެވެ. އެއީ 127 މީހުންނެވެ. އެންމެ މަދު މީހުންނަށް ކޮވިޑް ޖެހިފައިވަނީ 41 މީހުންނަށް މިބަލި ޖެހުނު އޭޕްރީލް 8 ވަނަ ދުވަހުއެވެ.

ނިމުނު ހަފްތާގެ އަދަދުތަކާއެކު މުޅި ރާއްޖެއިން ކޮވިޑް ޖެހުނު އަދަދު މިހާރު ވަނީ 178،313 އަށް އަރާފައެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން 298 މީހުން ވަނީ ނިޔާވެފައެވެ.

ކޯވިޑް-19 އިން ދިފާއުވުމަށް ދޭ ވެކްސިންގެ ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް 398،539 މީހުން ޖަހާފައިވާކަން ފާހަގަކުރެވެއެވެ. އަދި ދެވަނަ ޑޯޒް 383،809 މީހުން ޖަހާފައިވާއިރު ބޫސްޓަރ ޑޯޒް 157،295 މީހުން ޖަހާފައިވެއެވެ.

ކޯވިޑް-19 ގެ ތަފާސްހިސާބުތައް އެޗްޕީއޭއިން މިހާރު ހާމަކުރަމުންދަނީ ހަފްތާއަކު އެއްފަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން