އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ވަރަށް އަވަހަށް ކޮޅެއް ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތުގެ މައްސަލަ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް އަލަށް އެކުލާވައިލި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އޭސީސީގެ އާ މެމްބަރުން ކޮމެޓީގައި ދެއްކެވި ވާހަކަތަކުން އެމްއެމްޕީއާރުސީ މައްސަލައިގެ ކޮޅެއް ފެންނާނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށެވެ. އަދި މިދިޔަ ކޮމިޝަން ބަދަލުކުރީ މާ ބޮޑެތި މައްސަލަތަކެއް އޮވެގެން ނޫން ކަމަށާއި، ކޮމިޝަން ބަދަލުކުރީ ސަރުކާރަށް ފަސްއަހަރުވެގެންދާއިރު ބޮޑު ޚިޔާނާތުގެ މަަަައްސަަލަައިގެ ސްޕީޑް ލަސްވެ ކޮޅެއްގައި ނުޖެހޭތީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް ވީހާވެސް އަވަހަކަށް އެމްއެމްޕީއާރުސީގެ މަައްސަލަތަކާއި ގުޅިގެން ޚާއްސަ ގޮތެއްގައި ރިކަވާ ކުރަންޖެހޭ އެސެޓްތަކާއި ދައުލަތަށް ލިބެންޖެހޭ އެތަށް ފައިސާއެއް ލިބޭނެ ގޮތެއް ހެދުމަކީ ވަރަށް މުހިންމު ކަމެއް." ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ރިކަވާ ކުރުމަށް ގާނޫނަށް ބަދަލުގެންނަންޖެހޭނަމަ އެކަމެއް ކޮމެޓީއަށް ހުށައެޅުމަށް އޭސީސީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތްތާގައި ޚިޔާނާތުގެ މައްސަލަ ތަހުގީގް ކުރުމަށް ކޮމެޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން އެމްއެމްޕީއާރުސީއާއި ގުޅުން ހުރި މައްސަލަތައް ބެލުމުގަައި ގާނޫނަކަށް ގެންނަންޖެހޭ ބަދަލެއް އެހެން ލަސްވެގެންދާކަށް، އަޅުގަނޑުމެން ބޭނުންވޭ ކޮމެޓީގެ ފަރާތުން ވީހާވެސް އަވަހަކަށް އެހެން ކުރަންޖެހޭ މަސައްކަތެއް ވިއްޔާ ކޮށްފައި ތިބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ފަސޭހަ އިންތިޒާމް ހަމަޖައްސައިދިނުމަށް." ރޮޒައިނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު