އެޗްޑީސީން ހިޔާ މަޝްރޫއަށް ނަގާފައިވާ ބޮޑު ލޯނު ރަނގަޅަށް މެނޭޖްނުކޮށްފިނަމަ އެކުންފުންޏަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް އޮޑިޓަރ ޖެނަރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނިޔާޒީ މިހެން ވިދާޅުވީ، މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަމުންނެވެ.

ނިޔާޒީ މިއަދު ކޮމިޓީއަށް ހާޒިރުކުރީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ މަޝްރޫޢުގެ ދަށުން ޔުނިޓަކަށް ޖެހޭ ޢަދަދު ހިސާބުކޮށް ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ އެޗްޑީސީން މިހާތަނަށް ނަގާފައިވާ އެންމެ ބޮޑު ދަރަންޏަކީ ހިޔާ މަޝްރޫޢަށް ނަގާފައިވާ ލޯނުކަމަށެވެ. އެގޮތުން އެޗްޑީސީން މިހާތަނަށް ލޯނުގެ ގޮތުގައި 700 މިލިއަން ޑޮލަރު ނުވަތަ 10.7 ބިލިއަން ރުފިޔާ ނަގާފައިވާއިރު އޭގެ ތެރެއިން 6 ބިލިއަން ރުފިޔާއަކީ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނުކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.



އޮޑިޓަރ ޖެނެރަލް ވިދާޅުވީ ހިޔާ ފްލެޓްތައް އަޅަން ނެގި ބޮޑު ލޯނު ރަނގަޅަށް މެނޭޖުނުކުރެވިއްޖެނަމަ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެކަމަށެވެ. އަދި ހިޔާ ފްލެޓުތަކުން ކުލީގެ ގޮތުގައި ފުރަތަމަ ނަގަން ނިންމި 11،000 ރުފިޔާއަކީ ވިޔަފާރީގެ އުސޫލުން ސަސްޓެއިނަބަލް ގޮތެއްގައި އެކުންފުންޏަށް ހަމަޖެއްސޭނެ އަގެއް ކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ. ނަމަވެސް ފްލެޓްގެ ކުލި 8500 އަށް ކުޑަކޮށްފައި ވުމުގެ ސަބަބުން 138 މިލިއަނުގެ ކޭޝް ފްލޯ ޑެފިސިޓެއް މުޅި މަޝްރޫޢުގެ މުއްދަތުގައި ކުރިމަތިވާނެކަމަށް ނިޔާޒީ ވިދާޅުވިއެވެ.

ނިޔާޒީ ވިދާޅުވީ ކުރީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި 5600 ރުފިޔާ ކަނޑައަޅާފައިވާއިރު، އެއީ ކުރީ ސަރުކާރުން ނުބައިކޮށް ޖަހާފައިވާ ހިސާބެއްކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ތިންފަހަރެއްގެ މަތިން ފަސްކޮށްދިނުމަށްފަހު އެޗްޑީސީން ވަނީ މިމަހުން ފެށިގެން ކުލި ނަގަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ާަެއާންތު

15-Apr-2022

ރައްޔިތުންނަށް ވާގެއްލުމޯ