މިދިޔަމަހު ދައުލަތަށް ލަފާކުރިވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނީ މާރޗްމަހު މީރާއަށް 2.18 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށެވެ. މިއީ މިދިޔަމަހު މީރާއަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 32 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާޗުމަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާރޗުމަހާއި އަޅާބަލާއިރު 64.2 އިންސައްތަ އިތުރެވެ.
މާޗުމަހު މީރާއަށް ލިބުނު 2.18 ބިލިއަން ރުފިޔާގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.10 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުނެވެ. އެއީ 541.19 މިލިއަން ރުފިޔާއެވެ.
ދައުލަތަށް ލިބުނު އެހެން އާމްދަނީތަކުގެ ތެރޭގައި އިންކަމް ޓެކްސްގެ ގޮތުގައި 183.70 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 105.71 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.09 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 179.79 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަމަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުންކަމަށް މީރާއިން ބުނެއެވެ.

Monthly report for March 2022 has been published. To read it please click: https://t.co/OMYpKPfcs8 2022.pdf pic.twitter.com/KhRvpWvUwS
— Maldives Inland Revenue Authority (@MIRAmaldives) April 10, 2022
ދައުލަތަށް ލިބުނު އެހެން އާމްދަނީތަކުގެ ތެރޭގައި އިންކަމް ޓެކްސްގެ ގޮތުގައި 183.70 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 105.71 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.09 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 179.79 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަމަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުންކަމަށް މީރާއިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު