ފުވައްމުލަކަށް ބަނދަރުކުރާ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމި ނިންމުމާމެދު ސަފާރީ އޮޕަރޭޓަރުން ހިތްހަމަނުޖެހުން ފާޅުކުރުމުން، ކައުންސިލްގެ ނިންމުން ބަދަލުކޮށްފިއެވެ.
ސަފާރީ އޮޕަރޭޓަރުން ހިތްހަމަނުޖެހުން ފާޅުކުރީ ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ 50 ޑޮލަރުން 500 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 7700 ރުފިޔާއަށް ބޮޑުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމުމުންނެވެ. އަދި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ނިންމުމަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނާގޮތުން އެއީ އެ ސިޓީގެ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ނިންމި ނިންމުމެކެވެ. އެ ނިންމުމާއި ގުޅިގެން ސަފާރީ އޮޕަރޭޓަރުން ހިތްހަމަނުޖެހުން ފާޅުކުރުމުން ފުވައްމުލަކު ސިޓީ ކައުންސިލުން މިހާރު ވަނީ އެ އުސޫލަށް ބަދަލު ގެނެސްފައެވެ.
ކަައުންސިލުން މިހާރު ނިންމާފައިވަނީ 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކަށް، ދުވާލަކަށް 150 ޑޮލަރު އަދި 100 ފޫޓަށްވުރެ ބޮޑުނަމަ 200 ޑޮލަރު ނެގުމެވެ. އަދި މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ފަށާނެކަމަށް ކައުންސިލުން ބުނެއެވެ.
ފުވައްމުލަކު ވަށައިގެންވާ ސަރަހައްދުގައި ޑައިވްކުރުމަަށް ގިނަ އަދަދެއްގެ ފަތުރުވެރިން ސަފާރީތަކުގައި އެ ސިޓީއަށް ޒިޔާރަތްކުރެއެވެ. އެހެންކަމުން ހަމައެކަނި ސަފާރީ ބޯޓުތަކުން ބޮޑު ފީއެއްނަގަން ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށް ސަފާރީ އޮޕަރޭޓަރުން ބުނެއެވެ.
ފުވައްމުލަކަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، އެރަށުގެ ބަނދަރު ބޮޑުކުރަން ސާވޭގެ މަސައްކަތް މި އަހަރު ފެށޭނެކަމަށް ސަރުކާރުން ވަނީ ކައުންސިލަށް މައުލޫމާތުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު