ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެ ކަނބަލުންގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ރޯދަ ވީއްލެވުމެއް ދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެ ކަނބަލުންގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ދެއްވި ރޯދަ ވީއްލުން އޮތީ މިއަދު ރައީސުލްޖުމްހުރިއްޔާގެ ގެކޮޅު، މުލިއާގޭގައެވެ.



ރައީސްގެ ދެކަނބަލުންގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ބޭއްވެވި ރޯދަ ވީއްލުމުގައި ރައީސް ސާލިހުގެ ދަރިކަލުން އަދި ދަރިކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރޯދަ ވީއްލުގެ ތެރެއިން ރައީސްގެ ދެ ކަނބަލުން ވަނީ ގިނަވަގުތުތަކެއް އެ ކުދިންނާއެކު ހޭދަކުރަށްވާފައެވެ. އަދި އެކި ކުޅިވަރުތައް ކުޅުއްވުމުގައި އެކުދިންނާއެކު ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު