ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު
ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މަސައްކަތް ކުރާ ފަރާތްތަކަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

އަވައްޓެރި ޕާކިސްތާނުގައި ހިގަމުންދާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ޝެއިޚް މިއަދު ވިދާޅުވީ، ބަރުލަމާނީ ނިޒާމު ނުގެނެވިގެން ބައެއް ބޭފުޅުން އުޅުއްވާއިރު ޕާކިސްތާނުގައި އެ އޮތީ އެ ނިޒާމުގައި ވެރިޔާ ނަގާ އެއްލާލާފައި ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމުގައި ވެރިމީހާ އޭނާގެ ވެރިކަމުގެ ދައުރު ފުރިހަމަ ކުރަން ފުރުސަތު ނުދޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ބަރުލަމާނީ ނުގެނެވިގެން ބައެއް ބޭފުޅުން އުޅުއްވާއިރު، ބައްލަވާ ޕާކިސްތާނުގައި އެ އޮތީ މި ނިޒާމުގައި ވެރިޔާ ނަގާ އެއްލާލާފައި. ޓާމެއް ފުރިހަމަ ކުރިޔަކަ ނުދޭ އެކަކު ވެސް، އަބަދު ޕޮލިޓިކަލް ބޮޑު ގަޑުބަޑުގަނޑެއްގައި ގައުމު." ޝެއިޚް ޒައިދު ވިދާޅުވިއެވެ.



ޒައިދު އިތުރަށް ވިދާޅުވީ، ޕާކިސްތާނުގައި ވެސް، ހުޅަނގުގެ ގައުމުތަކުން ޖަހާ ބެރަށް ނަށާ ގައްދާރުންތަކެއް އެބަ ތިބި ކަމަށެވެ.

ޒައިދު މިފަދައިން ވިދާޅުވެފައިވާއިރު، ޕާކިސްތާނުގެ ސިޔާސީ މަޝްރަހު ވަރަށްބޮޑަށް ހަލަބޮލިވެ އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ މަގާމުން ދުރުކޮށްފައެވެ. އިމްރާން ހާން މަގާމުން ވަކިކުރިފަހުން އޭނާ ގޮވާލެއްވި ގޮވާލެއްވުމަށް އެ ގައުމުގައިތިބި އޭނާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ އިމްރާނަށް އޮތް ތާއީދު ދައްކާލާފައެވެ.

އަދި އެ މަންޒަރަށް މުޅި ދުނިޔޭގެ ލޯ އަމާޒު ވެފައިވާއިރު، ރައްޔިތުންގެ ތާއީދު އޮތް ވެރިޔަކު އެހާ ފަސޭހައިން މަގާމުން ދުކުރުކުރެވޭ ގޮތަށް އޮންނަ ބަރުލަމާނީ ނިޒާމަށް ދުނިޔޭގެ ގިނަ ބަޔަކު ދަނި ފާޑު ކިޔަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ވެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ހިޔާލު ތަފާތުވެ ދެބޭފުޅުން ވެސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު