އަވައްޓެރި ލަންކާއާއި ޕާކިސްތާނަށް ވަމުންދާ ގޮތް ބަލައި ރާއްޖެއިން މިސާލު ނަގަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އަވައްޓެރި ލަންކާއާއި ޕާކިސްތާނަށް ވީގޮތުން ރާއްޖެއިން މިސާލު ނަގައި އަމަލީ ގޮތުން ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ. ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރަންޖެހޭނީ ދިވެހިން ކަމަށެވެ. އެކަން ބޭރު ގައުމަކުން ކޮށްދޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަ ވިސްނުމެއް ކަމަށް ޝިޔާމް ވިދާޅުވިއެެވެ.
"އިންޑިޔާއިން ކަންތައްތަކެެއް ފަހިކޮށްދޭނެ ކަމަށް ވިސްނުމަކީ އަޅުގަނޑުމެންގެ ބަލި ވިސްނުމެއް. އެގޮތަށް ވިސްނައިގެން ނުވާނެ، އަޅުގަނޑުމެން ޖެހޭނީ މިގައުމު ބަދަލުކުރަން. މީގައި ވާގޮތަކީ މިހާރު މި އޮތް ސަރުކާރުގައި ނެތް މިކަން ކުރަން އެގޭ މީހަކު ވެސް. އިގްތިސާދީ ގޮތުން ނިކަމެތި ވާވަރަކަށް އަޅުގަނޑުމެންގެ މިނިވަންކަން ގެއްލޭވަރުގެ ކަންތައްތައް ފެނިގެންމިދަނީ." ޝިޔާމް ވިދާޅުވިއެެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ލަންކާގެ އިގުތިޞާދު ވަރަށްބޮޑަށް އަޑިއަޅާލައި ތަކެތީގެ އަގުބޮޑުވެ ތެލާއި ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ ތަކެތި އެތެރެކުރަން ބޭނުންވާ ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ.
މިއާއެކު ރައްޔިތުން ނުކުމެ މުޒާހަރާކުރަން ފެށުމުން ލަންކާގެ ރައީސާއި ބޮޑުވަޒީރު ފިޔަވައި ކެބިނެޓް ހުރިހާ ވަޒީރުން ވަނީ އިސްތިއުފާ ދީފައެވެ. ލަންކާގެ ސަރުކާރުން މިހާރު ކެބިނެޓަށް އާ ވަޒީރުން އައްޔަންކޮށްފައިވާއިރު ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާ ރައްޔިތުން ހުއްޓުމެެއް ނެތި ދަނީ މުޒާހަރާކުރަމުންނެެވެ.
ލަންކާގެ ބޮޑުވަޒީރު މަހެންދުރަ ރާޖަޕަކްސަ މަގާމުން ދުރުކުރުމުގެ މަސައްކަތް ލަންކާގެ އިދިކޮޅު ފަރާތްތަކުން ވަނީ ފަށާފައެެވެ.
އަނެއްކޮޅުން ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ ވަނީ މަގާމުން ދުރުކޮށްފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ދުރުކުރީ އިގްތިސާދު މެނޭޖް ނުކުރުމާއި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ނެތް ކަމަށް ބުނެ ގާނޫނު ހަދާ މަޖިލީހަށް ހުށައެޅި އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށައަޅައިގެންނެވެ.
ޕާކިސްތާނުގެ އާ ބޮޑުވަޒީރު ކަމަށް ޝެހްބާޒް ޝަރީފް މިހާރު ވަނީ އައްޔަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު