އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ކާމިޔާބު ނުވެއްޖެނަމަ އިގްތިސާދީ ހާލަތުން އަރައިގަންނަން އުނދަގޫވާނެ ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެެ. ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭންގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޓީވީ ޕްރޮގުރާމެެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އިންތި ޗެއާޕާސަން ކަމަށް ގެނައުމަކީ ސަރުކާރާއި ޕާޓީއަށާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
މަގާމަށް އިންތިޚާބުވެއްޖެނަމަ އިންތިއާއި އިންތިގެ ޓީމުން ކުރާނީ ސަރުކާރަށް ފާޑުކިޔައި ސަރުކާރުން ކުރާ ކަންތައްތަކާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ މަސައްކަތް ކަމަށް ޝަރީފް ވިދާޅުވިއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ފައްޔާޒު އިސްމާއިލް ޗެއާޕާސަން ކަމަށް އިންތިޚާބު ކޮށްގެން ކަމަށާއި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެމްޑީޕީއަށް ވެރިކަން ލިބިގެން ނޫނީ ވިޔަފާރިތަކާ އިގްތިސާދު ކުރިއަކަށް ނުގެންދެވޭނެ، ކުންފުނިތަކާއި އިންވެސްޓަރުންނަށް ޔަގީންކަން އަރުވަން އެބަޖެހޭ އަޅުގަނޑުމެންގެ ޕޮލިސީތައް ބަދަލުނުވާނެ ކަން މިހާރު ރޭވިފައި ހުރިގޮތަށް ކަންތައްތައް ހިނގަމުންދާނެ ކަން. އެހެން ނޫނީ އިގްތިސާދު މިހާރު ވެއްޓިފައި އޮތް ދަތި ހާލަތުން އަރައިގަންނަން ވެސް އުނދަގޫވާނެ." ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު