މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ ބްރޯޑްކާސްޓިންގ އެވޯޑް އަންނަ އޮގަސްޓްމަހު ބޭއްވުމަށް ނިންމައިފިއެވެ.
ބްރޯޑްކާސްޓިންގ އެވޯޑަކީ ރާއްޖޭގެ ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބްރޯޑްކޮމްއިން ތައާރަފްކޮށްފައިވާ އެވޯޑެކެވެ. މި އެވޯޑް އެންމެ ފުރަތަމަ ދިނުމަށް ނިންމާފައި އޮތީ މިދިޔަ އަހަރުއެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން އެވޯޑް ރަސްމިއްޔާތު ފަސްކުރީއެވެ.
ބްރޯޑްކޮމުން މިހާރު ދަނީ އޮގަސްޓްމަހުގެ ތެރޭގައި އެ ހަފްލާ ބާއްވަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކޮމިޝަނުން ވަނީ އެ އެވޯޑް ހަފްލާ އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުމަށާއި މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދަން މިހާރު އިއުލާނުކޮށްފައެވެ.
ބްރޯޑްކޮމުން ބުނީ އެވޯޑާއި ގުޅޭ މައުލޫމާތު ރޯދަ މަސް ނިމުމުން ބްރޯޑްކާސްޓަރުންނާ ހިއްސާކުރާނެކަމަށެވެ. އަދި އޭގެފަހުން އެވޯޑާއި ގުޅޭ އުސޫލުތައް އާއްމުކުރާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ބްރޯޑްކާސްޓިން އެވޯޑް އޮގަސްޓްމަހު ދޭން ތައްޔާރުވަމުން އަންނައިރު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވެސް ނޫސްވެރިކަމުގެ އެވޯޑެއް ކޮންމެ އަހަރަކު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު