ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމަން ހަވާލުކުރި ކުންފުނިތަކަކަށް ފައިސާ ދިން 70 އާއިލާއެއް އުޅެނީ ވަރަށް ދަތި ހާލުގައި ކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން އޮޅުވާލުމުގެ ސަބަބުން ހިޔާ ފްލެޓްތަކުގެ ވެރިންނަށް ލިބިފައިވާ ގެއްލުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ ކޯލިޝަނުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމާއި ގުޅިގެން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެެވެ.
ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ހިޔާ ފްލެޓުގެ ފިނިޝިންގެ މަސައްކަތްތައް ކުރިއިރު ކުންފުނިތައް އުފައްދައިގެން ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތްތައް ކޮށްދޭނެ ކަމަަށް ބުނެ ފްލެޓުތައް ލިބުނު މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލައިފައިވާކަމަށެވެ. އަދި ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން ޖުމްލަ ހަ މިލިއަނަށް ވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހިޔާގެ ފިނިޝިން މަސަައްކަތް ނިންމަން ފައިސާ ދިން ބައެއް ފަރާތްތައް އަދިވެސް އުޅެނީ އެކަންކަމުން އަރައިނުގަނެވިގެން ކަމަށެވެ. އެހެންކަމުން އެ މީހުންނަށް ލުއި ފަސޭހަގޮތެއް ހަމަޖައްސައި ދިނުމަކީ ސަރުކާރުން ކުރަން ޖެހޭކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންނާ މިހާ ގުޅުން ބޮޑު މައްސަލައެއް މަޖިލީހުން ބޭރުކޮށްލީ މި ހިޔާނާތުގައި މަޖިލީސް މެންބަރުންގެ ތެރެއިން ކޮންމެވެސް ބައެއްގެ ބައިވެރިވުން އޮތުމުން ކަމަށް ބެލެވޭ ކަމަށް އާދަމް ޝަރީފް ވަނީ ތުހުމަތު ކުރައްވާފައެެވެ. ހިޔާ ފުލެޓްގައި އުޅޭ މީހުންނަށް ލުއި ގޮތެއް ހޯދައިދިނުމުގެ ބަދަލުގައި ފެންނަނީ ސަރުކާރު އެ ފަރާތްތަކަށް ޖެއްސުން ކުރާތަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފޮޓޯ: ޕީޕީއެމް ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
— People's Majlis (@mvpeoplesmajlis) April 12, 2022
ފޮޓޯ އަލްބަމް:https://t.co/mGKF0hQwlV pic.twitter.com/raWM04udex
ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ހިޔާ ފްލެޓުގެ ފިނިޝިންގެ މަސައްކަތްތައް ކުރިއިރު ކުންފުނިތައް އުފައްދައިގެން ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތްތައް ކޮށްދޭނެ ކަމަަށް ބުނެ ފްލެޓުތައް ލިބުނު މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލައިފައިވާކަމަށެވެ. އަދި ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން ޖުމްލަ ހަ މިލިއަނަށް ވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހިޔާގެ ފިނިޝިން މަސަައްކަތް ނިންމަން ފައިސާ ދިން ބައެއް ފަރާތްތައް އަދިވެސް އުޅެނީ އެކަންކަމުން އަރައިނުގަނެވިގެން ކަމަށެވެ. އެހެންކަމުން އެ މީހުންނަށް ލުއި ފަސޭހަގޮތެއް ހަމަޖައްސައި ދިނުމަކީ ސަރުކާރުން ކުރަން ޖެހޭކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންނާ މިހާ ގުޅުން ބޮޑު މައްސަލައެއް މަޖިލީހުން ބޭރުކޮށްލީ މި ހިޔާނާތުގައި މަޖިލީސް މެންބަރުންގެ ތެރެއިން ކޮންމެވެސް ބައެއްގެ ބައިވެރިވުން އޮތުމުން ކަމަށް ބެލެވޭ ކަމަށް އާދަމް ޝަރީފް ވަނީ ތުހުމަތު ކުރައްވާފައެެވެ. ހިޔާ ފުލެޓްގައި އުޅޭ މީހުންނަށް ލުއި ގޮތެއް ހޯދައިދިނުމުގެ ބަދަލުގައި ފެންނަނީ ސަރުކާރު އެ ފަރާތްތަކަށް ޖެއްސުން ކުރާތަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު