ފާއިތުވި އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މިންވަރު އިތުރު ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފާއިތުވި އަހަރާ އަޅައިބަލާއިރު ޑެންގޫ އަދި ޗިކުން ގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މިންވަރު ދާދި އެއްވަރެއްގައި ހުރި ނަމަވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރި މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހު ރޯގާ ޖެހިގެން 14،399 މީހުން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. މިދިޔަ ފެބްރުއަރީ މަހު ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 16،125 މީހުންނެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަތާއި، އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރުމަށް އިލްތިމާސްކޮށްފައެެވެ. މީގެއިތުރުން ހުން އައިސް ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު