މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ގެނެސްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން ބުނީ މަސްވެރީންނަށް މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ އަދި ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރު ކުރެވޭ ބޯޓެއް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް މިހާރު ގެނެސްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން ބުނީ މަސްގަަތުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުުރުމުގެ ގޮތުން ފެލިވަރު ކޯލްޑް ސްޓޯރޭޖް 500 މެޓްރިކް ޓަނަށް ބަދަލުކޮށްފައިވާ ކަމަށާ އަދި މިހާރު ކުރިއަށްދާ މަސައްކަތް ނިމުމުން ކެޕޭސިޓީ 8 ގުނަ އިތުރުވާނެ ކަމަށެވެ. އެ ގޮތުން 4،000 މެޓްރިކް ޓަނަށް އާ ކޯލްޑް ސްޓޭރޭޖް ބަދަލުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މީގެ އިތުރުން ކޫއްޑޫގައި މިހާރު ގާއިމުކޮށްފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ނަމަވެސް މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރެވިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ. އަދި ކަނޑުއޮތްގިރީގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ގދ ތިނަދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަދި މ. މުލަކުގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެެ. އެގޮތުން ސަރުކާރުން ރ. މަޑުއްވަރީ އާއި ކ. ގާފަރުގައި އައިސްޕުލާންޓެއް ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން 15 ރަށެެއްގައި އައިސްޕުލާންޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މިދިޔަ ހަފްތާގައި މަސްވެރިކަން ރަނގަޅުވެ ކޫއްޑޫގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސްބާނަމުން ދިއުމާއި ގުޅިގެން މިފްކޯއިންވަނީ މަސްކިރުން ކޮންމެ ދޯންޏަކަށް ދުވާލަކު 5 ޓަނަށް ލިމިޓް ކޮށްފައެވެ. އެކަމާ ގުޅިގެން ކޫއްޑޫގައި މަސްވެރިން މިއަދު އިހުތިޖާޖް ކުރަމުންދާތީ ކޫއްޑޫގެ އޮޕަރޭޝަން ވަނީ ހުއްޓުމަކަށް އައިސްފައެެވެ.

ކިޔުންތެރިންގެ ހިޔާލު