ރާއްޖެއިން ބޭނި ބޮޑު ބްލެކް ސްނޫކް މަހެއް ބާނައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިހާތަނަށް ދުނިޔޭގައިވެސް ބޭނި އެންމެ ބޮޑު ބްލެކް ސްނޫކަށްވުމުގެ ފުރުސަތު އެބައޮތްކަމަށް އިންޓަރނޭޝަނަލް ގޭމް ފިޝް އެސޯސިއޭސަން އައި.ޖީ.އެފުން ވަނީ ބުނެފައެވެ.

ރާއްޖެއިން ބޭނި ބްލެކް ސްނޫކް މަހުގައި 14.06 ކިލޯގްރާމް ހުރިއިރު އެމަހުގެ ދިގުމިނުގައި 68.5 އިންޗި ހުއްޓެވެ.

މިމަސް ބޭނީ އެމެރިކާގެ ދޮށި އުފައްދާ ކުންފުންޏެއް ދޮށިތަކެއް ޓެސްޓްކޮށް މާކެޓް ކުރުމަށް އައި އެމެރިކާގެ މަސްވެރިއެކެވެ.

މިމަހުގެ ފޮޓޯ ވީޑިއޯ އަދި މަސްކިރާ މިންއެޅި ހުރިހާ އެއްޗެއް އައިޖީއެފަށް ހުށައަޅާފައިވާއިރު މިކަން މިހާރު އޮތީ ރިވިއު ކުރުމުގެ މަރުހަލާގައެވެ. މީގެކުރިން ބާނާފައިވާ އެންމެ ބޮޑު ބްލޭކް ސްނޫކްގައި 12:50 ކިލޯ ހުރިއިރު، ރާއްޖެއިން ބޭނި 14.06 ކިލޯގެ މިމަސް ދުނިޔޭގެ ރެކޯޑަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އައިޖީއެފުން ބުނެއެވެ.

މިމަހަކީ 500 މީޓަރުގެ ފުނުގައި އުޅޭމަހެކެވެ. ރޭގަނޑު ގަޑިތަކުގައި ފުނުގައި އުޅޭމަސް ތިލަތަންތަނަށް އަރަނީ ހަންޓް ކުރަން ނުވަތަ ކާއެއްޗެއް ހޯދުމަށެވެ.



ކިޔުންތެރިންގެ ހިޔާލު