ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަމަހު ކޯޓުތަކަށް ހުށަހެޅި 149 މައްސަލައިގެ ތެރެއިން 113 މައްސަލަ ސާބިތުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޕީޖީ އޮފީހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަމަހު ދައުވާ ކުރުމަށް އެދި 244 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ބަލައިގެންފައިވަނީ 60 މައްސަލައެވެ. އެކި ސަބަބުތަކާއިހުރެ 26 މައްސަލައެއްގައި ދައުވާ ނުކުރުމަށް ނިންމާފައިވާއިރު، އިތުރު މައުލޫމާތު ސާފު ކުރުމަށް 125 މައްސަލައެއް އަނބުރާ ވަނީ ފޮނުވާލާފައެވެ. އަދި އޭގެތެރެއިން 33 މައްސަލައެއް ދަނީ ދިރާސާ ކުރަމުންނެވެ.
ތަފާސް ހިސާބަށް ބަލާއިރު މިދިޔަމަހު ދައުވާކުރުމަށް އެންމެ ގިނަ ޢަދަދަށް ހުށަހަޅާފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރުމުގެ 62 މައްސަލަ، އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 51 މައްސަލަ ވަނީ ހުށަހަޅާފައެވެ.
މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 214 މައްސަލައެއް ވަނީ އެކި ކޯޓުތަކަށް ދައުވާ ކުރުމަށް ހުށަހަޅާފައެވެ. މީގެ ތެރެއިން 69 މައްސަލަ ކްރިމިނަލް ކޯޓަށް، ޑްރަގު ކޯޓަށް 47 މައްސަލަ އަދި ބާކީ ހުރި މައްސަލަތައް ހުށަހަޅާފައިވަނީ އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
މިދިޔަ މަހު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 113 މައްސަލައެއް ސާބިތުވެފައިވާއިރު، މިއީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ މައްސަލަ ސާބިތުވި މަސްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު