ނ.މާޅެންދޫ ސްކޫލުގައި ޢިމާރާތެއް އަޅަން ސްވިފްްޓް އިންޖިނިއަރިންއާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާގުޅޭ މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއެވެ. ސްވިފްޓް އިންޖިނިއަރިން ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ޙިލްމީއެވެ.



ސަރުކާރުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ 21.2 މިލިއަން ރުފިޔާއަށް 400 ދުވަހުގެތެރޭގައި ނިންމަންޖެހޭގޮތަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއު ކުރިއަށްގެންދަނީ ޕީއެސްއައިޕީ ބަޖެޓުގެ ދަށުންނެވެ.



ކިޔުންތެރިންގެ ހިޔާލު