ކުނީގެ މައްސަލަ ބޮޑުވީ ހަމައެއް ލަމައެއް ނެތި އެތަން މިތަނަށް ކުނި އުކުމުންކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯ "ވޭސްޓު ޓު ވެލްތު" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި "ވޭސްޓު ޓު ވެލްތު" ރަސްމީކޮށް އިފްތިތާކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާއާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ އަހްމަދު ނަޝީދެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ މުޅި ރާއްޖޭގައި އުފެދޭ ހުރިހާ ކުންޏެއް ރައްކާތެރި ގޮތުގައި މެނޭޖުކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަންޖެހޭކަމަށެވެ. އަދި ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސަލަކަމަށާއި އަދި މިއީ އެންމެ ދުވަހަކުން ދިމާވި މައްސަލައެއް ނޫން ކަމަށާއި އެތައް ޒަމާންތަކެއް ވަންދެން ކުންޏާމެދު އަމަލުކުރަމުން އައި ގޮތުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކުނީގެ މައްސަލަ މިހާ ބޮޑުވީ ކުނި މެނޭޖްކުރުމުގެ ބަދަލުގައި އެއްވެސް ހަމައެއް ލަމައެއް ނެތި ޖެހުނު ތަނަކަށް ކުނި އުކާލުން ނުވަތަ ކުނި އެންދުމުގެ ސަބަބުންކަމަށެވެ.
ޝައުނާ ވިދާޅުވީ މުޅި ރާއްޖޭގައި އުފެދޭ ހުރިހާ ކުންޏެއް ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަންޖެހޭކަމަށެވެ. އަދި ކޮންމެ ރަށެއްގައި، ކޮންމެ ކައުންސިލެއްގައި، މިކަން ކުރާނެ ގޮތުގެ މައުލޫމާތާއި މިކަން ކުރާނެ ވޯކް ފޯހެއް އުފައްދަން ޖެހޭކަމަށް ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ މިމަސައްކަތް ކާމިޔާބު ނުކުރެވިއްޖެނަމަ މުސްތަގުބަލުގައި ރާއްޖެއަކީ ރީތި މަންޒިލެއްގެ ގޮތުގައި ދައްކުވައެއް ނުދެވޭނެކަމަށެވެ. މީގެއިތުރުން މުސްތަގުބަލުގައި ދިވެހީން ދިރިއުޅޭނެ ރައްކާތެރި މާހައުލެއްވެސް ހޯދައެއް ނުދެވޭނެކަން ޝައުނާ ފާހަގަކުރެއްވިއެވެ.
މިއަދު އިފްތިތާހުކުރި "ވޭސްޓު ޓު ވެލްތު" ޓްރެއިނިންގ ދަށުން ތަފާތު ބާވަތުގެ ކުނި ވަކިކޮށް އޭގެ ތެރެއިން އަލުން ބޭނުން ކުރެވޭ ތަކެތި ރީސައިކަލްކޮށް ޢާމްދަނީ ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން މިއީ ދިވެހިރާއްޖޭގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުނިން ޢާމްދަނީ ލިބޭ މަސައްކަތްކޮށް ސާފު ވެއްޓެއް ދެމެހެއްޓުމަށް ޤައުމުގެ ޒުވާނުންނަށް ހުޅުވިގެންދާ މުޅިން އާ ފުރުސަތުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު