އާސަންދައިގެ އެހީ ނުލިބޭ ބައެއް ޚިދުމަތްތައް ހުރުމުން އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އާސަންދައިގެ ސިޔާސަތާއި ގުޅޭގޮތުން، ބައެއް ޚިދުމަތްތައް އާސަންދައިން ނުލިބޭތީ އާންމުން އެކަމާ މެދު ގިނަ ސުވާލުތަކެއް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އާސަންދައާއި މަޝްވަރާކުރުމަށްފަހު މަޖިލީހަށް އެކަން ނިމޭގޮތުގެ ރިޕޯޓެއް ފޮނުއްވައިދެއްވާނެ ކަމަށްވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އެގޮތުން އާސަންދައިގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެނައުމަށްޓަކައި މަޝްވަރާކުރައްވާނެ ކަމަށް ނަސީމް މިއަދު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކުރުމަށް ގާއިމްކޮށްފައިވާ އާސަންދަ ނިޒާމް އޮތީ ޚަރަދު ބޮޑު ބޭކާރު ޚަރަދު ކުރެވޭ ގޮތަށްކަން އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފައެެވެ.

ބައެއް ކަހަލަ ބޭސްތަކާއި ބައެއް ސިއްހީ ޚިދުމަތްތައް އާސަންދައިން ނުލިބުމާއި ރާއްޖޭގެ ބާޒާރުގައި މިހާރު ހުރި އަގުތަކާއި އަޅާ ބަލާއިރު ބައެއް ޚިދުމަތްތަކަށް އާސަންދައިން ލިބޭ މިންވަރު ވަރަށް ބޮޑަށް ކުޑަވުމުގެ ޝަކުވާ ވެސް އާންމުން ކުރަމުން ގެންދާކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު