ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް މިދިޔަ އަހަރު ހުށަހެޅުނު 520 މައްސަލައިގެ ތެރެއިން 340 އަށްވުރެ ގިނަ މައްސަލަ ނިންމާފައިވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
އެޗްއާރުސީއެމުން މިދިޔަ އަހަރު ކުރިއަށްގެންދިޔަ މަސައްކަތްތަކާއި ގުޅޭގޮތުން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އެކޮމިޝަނަށް ވަނީ 520 މައްސަލަ ހުސްވި 2021 ވަނަ އަހަރު ހުށައަޅާފައެވެ. އަދި އޭގެ ތެރެއިން ޖުމްލަ 347 މައްސަލަ ނިންމާފައިވާކަމަށް އެކޮމިޝަނުން ހާމަކޮށްފައި ވެއެވެ.
މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ބަންދުގައިވާ ފަރާތްތަކުގެ ޞިއްޚީ މައްސަލަތަކާއި ގުޅުންހުރި 136 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 58 މައްސަލައެއް ކޮމިޝަނުން ވަނީ ބަލާފައެވެ. ލާއިންސާނީ އަނިޔާއާއި ގުޅުންހުރި 68 މައްސަލައެއް ހުށަހެޅިއިރު، 37 މައްސަލައެއް ވަނީ ނިންމާފައެވެ.
ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި 39 މައްސަލައެއް ހުސްވި އަހަރު ހުށަހެޅިއިރު، އޭގެ ތެރެއިން 24 މައްސަލައެއް ވަނީ ނިންމާފައެވެ. މީގެއިތުރުން ގައިދީންނާއި ގުޅުންހުރި 53 މައްސަލައެއް ހުށައަޅާފައިވާއިރު، އޭގެތެރެއިން 46 މައްސަލަ ނިންމާފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެފައި ވެއެވެ. އަދި ހުސްވި އަހަރު ކޮމިޝަނަށް ހުށައެޅި މައްސަލަ ތަކުގެ ތެރޭގައި ޝަރުއީ ދާއިރާގެ 64 މައްސަލައެއް ހިމެނޭއިރު އޭގެތެރެއިން 59 މައްސަލަ ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެޗްއާރުސީއެމުން ބުނީ މިދިޔަ އަހަރު ނުބެލި ހުރި މައްސަލަތަކާއި، މިއަހަރު ހުށަހެޅި މައްސަލަތަކާއިއެކު 624 މައްސަލައެއް އެކޮމިޝަނުން މިއަހާރު ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު