އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓާސް ލިސްޓަކީ ސައްހަ ލިސްޓެއްކަމަށާއި، އެ ލިސްޓުގައި ތިބޭނީ އެމްޑީޕީގެ މެމްބަރުންކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މެމްބަޝިޕް ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެމްގެ 20000 މެމްބަރުން އެބަތިބިކަމަށް ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނިކޮށެވެ.
އެމްޑީޕީ މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ޗެއާޕާސަންގެ ނައިބު ނިޔާ ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބަށް ލިސްޓު އާއްމުކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ލިސްޓް ވަރަށް ރަނގަޅަށް ޗެކްކޮށްފައިވާކަމަށެވެ. އަދި ލިސްޓު ފައިނަލްކޮށް ނެރުނީ ޝަކުވާ ހުށަހަޅަންވެސް ފުރުސަތު ދީފައިކަމަށް ނިޔާ ވިދާޅުވިއެވެ.
ނިޔާޒް މިހެން ވިދާޅުވިނަމަވެސް އެމްޑީޕީން ބަލަހައްޓާ ދަފްތަރުގައި 94000 އަށް ވުރެ ގިނަ މީހުން ތިބިއިރު، އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 54782 މީހުންނެވެ.
އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެމްގެ 20000 މެމްބަރުން އެބަތިބިކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއިރު، މިއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން ވެސް ޕީޕީއެމަށް ނުފޫޒު ފޯރުވޭ އަދަދެއް ކަމަށް އޭނާ ތުހުމަތުކުރެއެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ޕީޕީއެމަށް ނުފޫޒު ފޯރުވޭ ގޮތަށް ދަފްތަރު އޮތުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު