އަހުމަދު މަސްނޫމް   13 އޭޕްރީލު 2022 - 22:20
މި ސަރުކާރަކީ މަސްވެރިންގެ އަޑުއަހާ ސަރުކާރެއް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލި މަނިކު، މޫކޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސްކަމުގެ މަގާމުގައިވެސް ހުންނެވި އެމްޑީ މޫސާ އަލި މަނިކު މިހެން ވިދާޅުވީ، ދެކުނުގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު މަސްނުކިރިގެން މަސްވެރިންގެ ހުރި ޝަކުވާތައް އަޑުއެހުމަށްފަހު ސަރުކާރާއި މިފްކޯގެ މަޝްވަރާގެމަތިން މަސްވެރިންގެ ދަތިތަކަށް ޙައްލު ހޯދުމަށްފަހު ކޫއްޑޫ ފަޅުގައި ހުރި ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރަން ސަރުކާރުން ނިންމުމާއި ގުޅިގެންނެެވެ.

އެކަމަށް އިޝާރަތް ކުރައްވައި މޫކޭ ވިދާޅުވީ، މި ސަރުކާރަކީ މަސްވެރިންގެ އަޑުއަހާ ސަރުކާރެއް ކަމަށާއި، ގަަދަ ފައި ވިއްދާފައި މަސްވެރިންގެ މައްސަލަ ހިންދާލުމުގެ ބަދަލުގައި މަސްވެރިންގެ ޝުއޫރުތައް އަޑުއަހަައިގެން ހައްލަށް މަސައްކަތް ކުރާ ހެޔޮވެރިކަމެއް ކަމަށެވެ.



" މަސްވެރިންނަށް މި ސަރުކާރުން ޖުމުލަ ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން އެބައޮތް، ޝުކުރިއްޔާ ކެޔޮޅު." މޫކޭ ވިދާޅުވިއެވެ.

ސަރުކާރުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން މަސްކިރުވުން ގެންދާނެ ޕްލޭނެއް ހަދާފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތަށް މަސްކިރޭނެ އިންތިޒާމްތައް ކޫއްޑޫގައި މިހާރު ހަމަޖައްސާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެެވެ. ސަރުކާރުން ބުނީ މި ޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް އަންގާފައިވާ ކަމަށެެވެ. މިވަގުތު ކޫއްޑޫ ފަޅުގައި ހުރި ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސްކިރޭނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން މިހާރު ވަނީ މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރ ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ގެނެސްފައެވެ. މީގެ އިތުރުން މަސްގަަތުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުުރުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު


2

ނޫނު

15-Apr-2022

ކަންކަށިމަތީގަ ޖެހީމަ ނާހާނެ އެއްވެސްއަޑެއް މިސަރުކާރަކަށްނޯވޭ. ނުޖަހަންޏާ އިވޭ އަޑެއް ޙަރާމްފަދަ.


1

އަސްރަފު

14-Apr-2022

އޮޅުވާލުން ނޫންދެވަނަ ކަމެއްނެތް ސަރުކާރެއް