ހުޅުދުއްފާރު މަގުހެދުމުގެ މަސައްކަތް ފައްޓަވައިދެއްވަނީ --
ހުޅުދުއްފާރު މަގުހެދުމުގެ މަސައްކަތް ފައްޓަވައިދެއްވަނީ --
ރ. ހުޅުދުއްފާރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ރަސްމީކޮށް މިއަދު އިފްތިތާހު ކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ މިކަމަށްޓަކައި ހުޅުދުއްފާރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި އާރްޑީސީގެ އެމްޑީ މޫސާ ޢަލީމަނިކު (މޫކޭ) ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އެ ރަށު ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރިވި މި ރަސްމިއްޔާތުގައި މަސައްކަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ، އާރްޑިސީގެ އެމްޑީ މޫސާ ޢަލީމަނިކާއި އެ ރަށު ކައުންސިލްގެ ރައީސްގެ އިތުރުން އާރްޑިސީގެ އިސް ބައެއް ބޭފުޅުންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިޔަށް ގެންދާ މި މަޝްރޫއަކީ 88912040.55 ރުފިޔާއަށް ހަވާލުކުރި މަޝްރޫއެކެވެ. އަދި މި މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 390 ދުވަހުންނެވެ.

މި މަޝްރޫޢުގެ ދަށުން 3.2 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. އަދި ފެން ހިއްދާ ނިޒާމް ގާއިމްކޮށް މަގުތަކުގައި މަގު ބައްތި ޖެހުންވެސް ހިމެނޭކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު