ގދ. ތިނަދޫގައި ރީޖަނަލް ޕޯޓެއް ގާއިމް ކުރުމަށް ނިއްމާފައިވާ ކަމަށް މާލޭ ވިޔަފާރި ބަނދަރު، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ގދ. ތިނަދޫގައި ރީޖަނަލް ޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އެގޮތުން ތިނަދޫގައި ހަދާ ރީޖަނަލް ޕޯޓްގެ ޔާޑްގެ މަސައްކަތް ނިމި ފެންސިންއާއި ޕޭވްމަންޓްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ތިނަދޫ ޕޯޓްގެ މަސައްކަތް ނިމި އަންނަ އަހަރުގެ ކުރީކޮޅު އެޕޯޓްގެ ޚިދުމަތް ލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިހާރު އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް މިގެންދަނީ އެޑްމިން ބިލްޑިންގއާއި ވެއާ ހައުސް އާއި ސެކިއުރިޓީ ބިލްޑިންގްގެ މަސައްކަތް، އެމަސައްކަތްތައް އަންނަ އަހަރު ކުރީކޮޅު ހިސާބަށް ނިމޭނެ ކަމަށް މި ބަލަނީ. އެމަސައްކަތްތައް ނިމުމާއެކު އެ ޕޯޓްގެ ޚިދުމަތްތައްވެސް އަޅުގަނޑުމެން ފަށަައިގަންނާނަން." ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ އެމްޕީއެލުން ބަލަހައްޓާ ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވާލައި އީއައިއޭ ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ކުޅުދުއްފުށީ ޕޯޓަށްދާ ކޮޗިން ފެރީ އާއި އެސްޓީއޯ ބޮންތި ފަދަ ބޯޓްތައް ކައިރިކުރާނެ މަގަތު ފާލަމެއް ނެތް ކަމަށެވެ. މިހާރު އޮތް ފާލަމަށް ކައިރިކުރެވެނީ ވަރަށް ކުދިކުދި އެެއްޗެހި ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ބަނދަރު ތެރޭ ފުންމިން ނުލިބޭ ހަތަރު މީޓަރުވެސް. ކީވޯލްގައި 100 މީޓަރުގެ ބޯޓެއް އަޅާލެވޭ ވަރުގެ ޖާގަ އެއް ނެތް. ކުޅުދުއްފުށީ ޕޯޓްގައި އެބަޖެހޭ ކީވޯލް އިތުރުކޮށްފައި، ކީވޯލްގެ ޑްރާފްޓެއް އިތުރުކުރަން އެންމެ ބޭސިކްކޮށް ބޭނުންވާ ރިކްއަމަންޓެއް އެއީ، އެމްޓީސީސީއާއި ހަވާލުކުރެވިފައިމިވަނީ އީއައިއޭ ޕްރޮސެސް އާއި ޑީޓެއިލް ޑިޒައިން ޕޮރެސެސްއާއި އަގާއި ހަމަޔަށް ދިނުމަށް." ޝާހިދު ވިދާޅުވިއެެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ހިތަދޫ ޕޯޓްގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ މަގަތު ފާލަން އޮތް ކަނޑުއޮޅިން ނަގާ ރާޅާއި ހެދި ރައްކާތެރި ކަމާއެކު ބޯޓް އަޅާފައި ނުބޭއްވޭ މައްސަލަ ކަމަށެވެ. އެހެންކަމުން ހިތަދޫ ޕޯޓްގެ މާސްޓާ ޕްލޭނެއް ހަދައި ޕޯޓްގެ އެތެރެއަށް ކީވޯލެއް އިތުރުކޮށް، ޑީޓެއިލް ޑިޒައިނެއް ހަދައި އެމްޓީސީސީއާއެކު އެގްރިމެންޓްގައި ސޮއިކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ގަން ކަނޑާއި ވިލިގިނިލި ކަނޑާއި ދިމާލަށް އޯޕަން ވާގޮތަށް ހިތަދޫ ޕޯޓް މި އިންނަނީ، އެހެންވީމަ އެ ދެ ކަނޑުއޮޅިން އުފައްދާ ބާނީގެ ސަބަބުން މަގަތު ފާލަމުގައި އަޅާފައި ހުންނަ ބޯޓް މޫވް ކުރާލެެއް ބޮޑުކަމުން ރައްކާތެރިކަމާއެކު ބޯޓު އަޅާފައެެއް ނުބޭއްވޭ. ބޯޓުގެ ވާކަނޑާލާ، އެ ވަރަށް ހަލުވާއިރު މުދާ ބޭލުމުގެ ކަންތަކަށް ވަރަށް ބޮޑު ގޮންޖެހުމަކަށްވަނީ، އެޕޯޓަށް ހަމަ ބޮޑު ބަދަލެެއް ގެންނަން ޖެހިފައި މިއޮތީ." ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު