ފިހާރަތަކަށާއި ކުންފުނިތަކަށާއި ތަންތަނަށް ނަން ކިޔާއިރު ދިވެހިބަހަށް އިސްކަން ދިނުމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ގޮވާލައްވައިފިއެވެ.

މިއަހަރުގެ ދިވެހިބަހުގެ ދުވަހާ ގުޅިގެން ނެރުއްވި ޚިޠާބުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ވިދާޅުވީ ދިވެހި ބަހަށް ގަދަރުކޮށް އިހުލާސްތެރިވުމަކީ އެކަން އަމަލާއި ބަހުން ސާބިތުކޮށްދިނުން ކަމަށެވެ. އެގޮތުން ރަސްމީ ހައިސިއްޔަތުންނާއި ނުރަސްމީ ހައިސިއްޔަތުގައި ވެސް ދިވެހިބަހުން މުއާމަލާތުކުރެއްވުމަށް ޑރ. އަޝްރަފް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ބާއްވާ ޖަލްސާތަކާއި ލިޔުއްވާ ލިޔުންތަކުގައި ވެސް އަމަލީ ގޮތުން އެކަން ސާބިތުކޮށްދިނުމަށް ޑރ. އަޝްރަފް ގޮވާލެއްވިއެވެ. މީގެ އިތުރުން، އަޝްރަފު ވިދާޅުވީ ތިމާގެ ދަރިންނާއި ދަރިވަރުންގެ އިތުރުން ޢާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންނާ ބައްދަލުވާ ހިނދު ދިވެހި ބަހުން މުޚާތަބު ކުރަން އާދަކުރަން ޖެހޭކަމަށެވެ.

"ބަހާއި ޢަމަލު ދިމާވާނީ އޭރުން. ދިވެހިން ދިވެހިންނަށް ވާނީ އޭރުން." ޑރ. އަޝްރަފް ހިތާބުގައިވެެެއެެވެ.

މީގެ އިތުރުން އަޝްރަފްގެ ޚިތާބުގައި ބަހެއްގެ އަދަބިއްޔާތުގައި ހުންނަންޖެހޭ އެންމެހައި ރިވެތި އަދަބީ ސިފަތައް ވެސް ދިވެހިބަހުގައި ހުރިކަން ވަނީ ފާހަގަކުރައްވާފައެެވެ. އަދަބިއްޔާތެއްގައި ހިމެނޭ ވާހަކަތަކާއި އިސްޓޭޖް ޑްރާމާއާއި ޅެމުގެ ތަފާތު ބާވަތްތައް ދިވެހި ބަހަށް ވެސް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ދިވެހިބަހުގެ ދުވަހަށް ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވާ ޝިއާރަކީ "ދިވެހިން ދިވެހިންނަށް ވީ ދިވެހިބަހުން ވާހަކަދައްކާތީއެވެ."



ކިޔުންތެރިންގެ ހިޔާލު


-4

ހިލަބެ

15-Apr-2022

ސަރުކާރުގެއޮފީސްތަކާއި ކުންފުނިތަކާއި ބޭންކް އަދި މީރާފަދަތަންތަނުންވެސް ފޮނުވާމެއިލްތައްމިހުއްނަނީ އިނގިރޭސިބަހުން ޖަވާބު އެތައްފަހަރަކު ދިވެހިބަހުންދިނީމަވެސް ހަމައެމެއިލް އެބަފޮނުވާ މީސަރުކާރުން ދިވެހިބަހަށް އަހައްމިއްޔަތުކަންދޭވަރު ކުޑަކަންރަމްޒުކޮށްދޭ ވަރަށްއަލިގަދަ ދަލީލެއް އުއްމީދަކީ ސަރުކާރުން ދިވެހިބަހަށްއިސްކަންދީ ދިވެހިބަސްކުރިއަރުވަންކުރާމަސައްކަތަށް އެއްބާރުލުންދިނުން…