ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވައްދާ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، ސިޔާސީ ޕާޓީތަކަށް ވައްދަން ހުށަހަޅާ މީހުންގެ މައުލޫމާތު ވަކި މުއްދަތަކަށް އާއްމުކުރުމުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިމަސައްކަތް ފަށާފައިވަނީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާކަމުގެ ޝަކުވާ ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އޮޅުވާލައިގެން ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތައް އާންމު ކުރުމަށް ނިންމާފައިވާއިރު، 7 ދުވަހުގެ މުއްދަތަކަށް އިލެކްޝަންސްގެ ދަފްތަރުގައި ފޯމުތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު އާންމު ކުރާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މިއުސޫލު އެކުލަވާލުމަށްޓަކައި، ސިޔާސީ ޕާޓީތަކާވެސް މަޝްވަރާ ކޮށްފައެވެ. އަދި އަންނަ ހަފްތާގައި ބާއްވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމަށް މި އުސޫލު ހުށަހަޅައި ފާސް ކުރުމަށްފަހު، މިއުސޫލަށް އަމަލު ކުރުމަށް ހަމަޖެހިފައިވާކަމަށް ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތަކަކީ ސައްހަ ފޯމުތަކެއްކަން ކަށަވަރުކުރުމަށްޓަކައި ސޮއިކުރާ މީހާގެ ފިންގާ ޕްރިންޓާއި، ސޮޔާއި، އަދި ދެ ހެކިވެރިއެއްގެ މައުލޫމާތުވެސް ހިމަނަން ޖެހެއެވެ. ނަމަވެސް މިކަންކަމާއެކުވެސް ސައްހަ ނޫން ފޯމްތައް ހުށަހަޅާކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު