ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްޓަކައި 3 ބިލެއް ބަންޑާރަ ނާއިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުއްވައިފިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކާއި ކުނި މެނޭޖުކުރުމުގެ ބިލެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ގިނަ އަދަދެއްގެ ބިލުތަކެއް ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ވަނީ ނިންމާފައެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނީ މަޖިލީހުގެ މިދައުރުގެ ތެރޭގައި 36 ބިލެއް މަޖިލީހަށް ހުށައަޅަން ނިއްމައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާ ގުޅޭ ބިލުތަކާއި، އިޖުތިމާއީ އަދި ގައުމީ ސަލާމަތާ ގުޅޭ ދާއިރާތަކާ ގުޅޭ ބިލުތައް ހިމެނެއެވެ.
މީގެ އިތުރުން މަޖިލީހަށް ހުށައަޅާ މުހިންމު ބިލްތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގޭންގް ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހި ރައްޔިތުންގެ ދީނި އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލާއި އާއިލާއާ ބެހޭ ބިލާއި، ކުންފުނީގެ ބިލާއި، ކުނި ނައްތާލުމާ މެނޭޖުކުރުމާ ބެހޭ ބިލާއި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފަދަ ބިލްތައް ހިމެނެެެެއެެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކާއި ކުނި މެނޭޖުކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައި.
— AG Office Maldives (@AGOmv) April 14, 2022
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ގިނަ އަދަދެއްގެ ބިލުތަކެއް ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ވަނީ ނިންމާފައެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނީ މަޖިލީހުގެ މިދައުރުގެ ތެރޭގައި 36 ބިލެއް މަޖިލީހަށް ހުށައަޅަން ނިއްމައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާ ގުޅޭ ބިލުތަކާއި، އިޖުތިމާއީ އަދި ގައުމީ ސަލާމަތާ ގުޅޭ ދާއިރާތަކާ ގުޅޭ ބިލުތައް ހިމެނެއެވެ.
މީގެ އިތުރުން މަޖިލީހަށް ހުށައަޅާ މުހިންމު ބިލްތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގޭންގް ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހި ރައްޔިތުންގެ ދީނި އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލާއި އާއިލާއާ ބެހޭ ބިލާއި، ކުންފުނީގެ ބިލާއި، ކުނި ނައްތާލުމާ މެނޭޖުކުރުމާ ބެހޭ ބިލާއި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފަދަ ބިލްތައް ހިމެނެެެެއެެވެ.
ކިޔުންތެރިންގެ ހިޔާލު