ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރުގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.
ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހިންގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވާ މައްސަލަ އަލުން އިޞްލާހުކުރުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް ހަވާލުކުރުމުގައި ޢުމަރު ނަސީރުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީން ޕީޖީއަށް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް އުމަރު ނަސީރު ހޯމް މިނިސްޓަރަކަށް ހުންނަވައިގެން 2015 ވަނަ އަހަރު ހަވާލުކޮށްފައިވަނީ ސްޓެލްވާޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.
އޭސީސީން ތުހުމަތުކުރާގޮތުގައި 2015ވަނަ އަހަރުގެ ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސްޓެލެވާޓް ކުންފުންޏަކީ ޢުމަރު ނަޞީރާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏެއް ކަމަށެވެ. ޕީޖީ އޮފީހުން ބުނީ ދައުވާ ކުރުމަށް ފޮނުވާފައިވާ މި މައްސަލަ އިތުރަށް އިޞްލާހުކުރުމަށް އޭސީސީއަށް މަޝްވަރާދީފައިވާކަމަށެވެ. އަދި މައްސަލަ އަލުން އިޞްލާހުކުރުމަށް މަޝްވަރާދީ އޭސީސީއަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ ފެބުރުއަރީމަހުކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
އޭސީސީން ތުހުމަތުކޮށްފައިވާ ގޮތުގައި މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށެވެ.
މިމައްސަލަ އޭސީސީން ޕީޖީއަށް ފޮނުވުމުން އުމަރު ނަސީރު ވަނީ އޭނާ 2023 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބަށްކުރާ ކެމްޕެއިންވެސް މެދުކަނޑާލައްވާފައެވެ. ނަމަވެސް ދައުވާކުރުމަށް ދީފައިވާ މުއްދަތުގައި ދައުވާ އުފުލާފައިނުވުމުން އޭނާ ވަނީ އަލުން ކެމްޕެއިން ފަށްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު