ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމުކުރާ ބިން
ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމުކުރާ ބިން
މާލޭގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިޔުމުގެ ކުރިން ބެހެއްޓުމަށް ހާއްސަކޮށް މާލޭގައި ގާއިމުކުރާ މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމުކުރާ ބިން ސާފުކޮށް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން މިއަދު ބުނީ، މި ޕްރޮޖެކްޓްގެ ދަށުން މާލޭގައި ގާއިމުކުރާ ސްޓޭޝަން ގާއިމުކުރާ ބިމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ދާކަމަށެވެ. އެގޮތުން، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ދެން ކުރިޔަށް ދާނީ އިމާރާތް ބިނާކުރުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް އެންވާރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ މިއަދުވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. އެ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު އެކަމަނާވަނީ ސާފުކުރައްވާފައެވެ. ޝައުނާ މިއަދުވަނީ ތިލަފުއްޓަށް ވެސް ވަޑައިގެން އެތަނުގައި ކުނިމެނޭޖު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވާލައްވާފައެވެ. އަދި އެކަމުގައި ދިމާވަމުންއަންނަ ދަތިތަކާއި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ވެސް ވަނީ އޮޅުންފިލުއްވާފައެވެ.

މިއީ، ގުރޭޓަރ މާލޭ އެންވަޔަރަންމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޓޭޝަނެކެވެ.



ކިޔުންތެރިންގެ ހިޔާލު